މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ލުބްނާ

އަލީ އަޒްލީފް
19 Aug 2024
ހަބަރު

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

ލުބްނާ މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ލުބްނާ ވިދާޅުވީ ސަރުކާރުން އެން.ޑީ.އޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައި ކަމަށާއި މިއީ މިސަރުކާރުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ދެއްވާ އަހަމިއްޔަތާ މުހިންމުކަމުގެ ހެއްކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެން.ޑީ.އޭ އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ މިތިބީ އަތުގުޅާލައިގެން މިކަމުގައި ފަހަތަކަށް ނުޖެހޭނެކަން ލުބްނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މަސްތުވާ ތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މިސަރުކާރު ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުން އަރުވަން. ކާމިޔާބުކަމާއި އަބުރުވެރިކަމާއި އެކު މުޖްތަމައުއަށް ގުޅުމުގައި މުޅި މުޖްތަމައުގެ ތަރުހީބާއި އިޙްތިރާމް މިފަރާތްތަކަށް ބޭނުންވޭ، މިފަރާތްތަކަށް ހަމަޖެހިމާއި އިތުބާރާ މުޖްތަމައުގައި އުޅުމުގެ ފުރުސަތު އެ ފަރާތްތަކުގެ އާއިލާއިން ދިނުމަށް އަޅުގަނޑު ގޮވާލަން. 

އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ

މުޖްތަމައު ތަރުތީބުވެގެން އެންމެން އެކުގައި މަސައްކަތްކޮށްގެން ހަރުދަނާ ޖީލެއް މިޤައުމުގައި ބިނާކުރެވޭނެ ކަމަށާއި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އެބައޮތް ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

ޒުވާނުން ތަރުބިއްޔަތު ކުރުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއްކަން ފާހަގަކުރައްވާ ލުބްނާ ވަނީ ސަރުކާރުން ޒުވާނުން ހެޔޮމަގަށް އަޅުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު