އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު

މަސައްކަތްކުރަމުން އަންނަނީ އައްޑޫ ބްރިޖަށް ބޭނުންވާ ފައިސާ ހޯދަން: މިނިސްޓަރ

އައިޝަތު ޝިއުރާ
15 Jul 2024
ހަބަރު

އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރުއޫ ނުހުއްޓޭ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ މަޝްރުއޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ބްރިޖް މަޝްރުއޫއަކީ މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް މަޝްރުއޫ ކަމަށެވެ. މި މަޝްރުއޫ ކުރިއަށް ގެންދިއުމަށް ބަޔަކާ އެކު ސޮއިކުރެވި، މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

އެމްއޯޔޫގެ ދަށުން އެބޭފުޅުންނަށް މި އިންނަނީ ފައިސާ އެރޭންޖުކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ އެހެން ނަމަވެސް އެރޭންޖުކޮށްދޭނީ އެބޭފުޅުން. އެގޮތުން އެބޭފުޅުން އެރޭންޖުކޮށް ބައެއް ފަރާތްތަކާ ވާހަކަ ދައްކާ ކުރިއަށް ވެސް އަޅުގަނޑުމެން އެބަ ދަން. ފައިސާ ހަމަޖެހޭ ހިސާބުން އިރާދަކުރެއްވިއްޔާ ޕްރޮޖެކްޓު ކުރިއަށް ގެންދެވޭނެ

މިނިސްޓަރ އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވީ ފައިސާ ހަމަ ނުޖެހެނިސް ކޮންޓްރެކްޓެއްގައި ސޮއި ނުކުރާނެ ކަމަށާއި، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ފައިސާ ހަމަ ނުޖެއްސިއްޖެ ނަމަ އަނެއްކާވެސް އިތުރު ކުންފުންޏަކާ އެކު ކުރިއަށް ދާނެ ކަމަށެވެ. މި މަޝްރުއޫ ހަވާލުކޮށްފައި ވަނީ މިސްރު ސަރުކާރު ކުންފުންޏެއްކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް"އާ އެވެ.

އެ ކުންފުނިން ހުށަހަޅާފައި ވަނީ، މި މަޝްރުއޫގެ ސާވޭތައް ހިލޭ ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު