ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އަލީ އަޒްލީފް
19 Aug 2024
ހަބަރު

ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ގުޅޭގޮތުން ވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެމިރޭޓްސް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްރޫއުތައް ތަންފީޒުކުރުމުގައި އެމިރޭޓްސް ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑުމެންގެ ޝުކުރު ރައްދުކުރަން ބޭނުންވަނީ އެމިރޭޓްސްގެ ރައީސް، އަލްއަމީރު ޝެއިޚް މުޙައްމަދު ބިން ޒާޔިދު އަލްނަހްޔާނަށް. އެމަނިކުފާނުގެ ވިސްނުންފުޅާއި ލީޑަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ދަނީ ކުރިއަރަމުން. ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޑރ. އަލްކުވައިތީ ޝައުގުވެރިކަމާއެކު ދެއްވަމުން ގެންދަވާ އެހީތެރިމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭނެ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ޑރ. އަލްކުވައިތީ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެހެނިހެން ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ ވަނީ އެމިރޭޓްސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަހުވަންތަކަމާއި އުހުއްވަތްތެރިކަމުގެ ބަދަހި ގުޅުމަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ އިތުރުން، ދެ ގައުމުންވެސް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، މި ދާއިރާގައި މިހާރު ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރައްކާތެރި ސައިބަރ ވެށްޓެއް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. މުޙައްމަދު އަލްކުވައިތީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެމިރޭޓްސްއާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުމެވެ. ދެ ގައުމުން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި، ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ރައްކާތެރި މުޖުތަމެއް ބިނާކޮށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށް އަޒުމު ކަނޑައަޅާފައެވެ.

ޔޫއޭއީގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު ރަސްމީ ދަތުރުފުޅެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު