ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާ: ރައީސް

އަލީ އަޒްލީފް
19 Aug 2024
ހަބަރު

ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާކަމަށް ޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާތސިޓީ (އެމްއެންޔޫ) އިން ބާއްވާ "ތެވެލި އިންޓަރނޭޝަލް ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކޮންފެރެންސްގައި ބައިވެރިވި ހުރިހާ ބޭފުޅުންނާއި، ތަފާތު އެވޯޑްތަށް ހާޞިލުކުރެއްވި ބޭފުޅުންނަށް މަރުޚަބާ ދަންނަވައި، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ތަޢުރީފުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެބޭފުޅުންގެ ކިބާގައި ޢިލްމު އުގެނުމަށް ހުރި ޝައުގުވެރިކަމަކީ ހުރިހާ ދިވެހި ޒުވާނުން މިސާލު ނަގަން ޖެހޭ ކަމެއްކަމަށެވެ. މި ކޮންފެރެންސްގެ މަޤްސަދަކީ ދިވެހިރާއްޖޭއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިސްނުންތޫނު، ޤާބިލް ބޭފުޅުން މި ކޮންފެރެސްގައި ބައިވެރިވަޑައިގަންނަވައި، އެތަށް އައު ކަންތައްތަކެއް ދަސްކުރުމާއި، އެމީހަކަށް ލިބިފައިވާ ޢިލްމެއް އަނެކުންނާ ޙިއްސާކޮށް، ކުރިއަރައި ދިޔުންކަށެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހި ޤައުމާއި މުޖުތަމަޢުގެ ކުރިއެރުން ހޯދައިދިނުމަށް، ޢިލްމު އުނގެނުމާއި އުގަންނައި ދިނުމުގެ ޖޯޝް. އަދި ދިރާސާކުރުމަކީ ތަރައްޤީއާއި ކުރިއެރުމުގެ ބިންގާކަމަށް ވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްޙީ ދާއިރާ، ޓެކްނޮލޮޖީ ފަދަ ތަފާތު ދާއިރާތަކާއި ގުޅޭގޮތުން އުފެއްދުންތެރި ދިރާސާކޮށް، އެ ދާއިރާ ތަކުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދަން ޖެހޭ

ރައީސް މުއިއްޒު

އެމަނިކުފާނުގެ މި ވާހަކަފުޅުގައި، މިފަދަ ޢިލްމުން ފުރިގެންވާ ކޮންފެރެންސެއް އިންތިޒާމް ކޮއްދެއްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ކުރިއެރުމަށް އެމްއެންޔޫ އިން ކުރައްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ޢަދާކުރައްވާފައިވެއެވެ.

ރައީސްގެ ވަހަކަފުޅުގައި އިތުރަށް ވިދާޅުވީ ދިވެހިރާޢްޖޭގައި ދިރާސާކުރުން ކުރިއެރުވުމަށް ދިވެހި ދަޢުލަތުގެ އެހީއާއި އެއްބާރުލުން ދެއްވާނެކަމަށާއި، މީގެ އިތުރުން، މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ބޭރުގެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު