ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިން އެންގުމަކާއި ނުލައި އެފަދަ ތަންތަން ޗެކްކުރެވޭނެ!

އަލީ އަޒްލީފް
19 Aug 2024
ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ފިހާރަތަކުގައި އަމިއްލަ ފަރާތްތަކުން ތައްޔާރުކޮށް، ވިއްކާ ކާބޯތަކެތި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭތޯ ބަލަމުންދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ކާބޯތަކެތީގެ ގާނޫނު އަށް މި އޮގަސްޓްމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ރޭ ޕަބްލިކް ސަރވިސް މީޑިއާގެ ރާއްޖޭގެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަަމުން އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެން ކަށަވަރުކުރާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ގާނޫނަށް އަމަލުކުރަން ފެށުމުން އެމްއެފްޑީއޭ އަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި ކާބޯތަކެތީގެ ގާނޫނުގެ ދަށުން ފިހާރަތަކުގައި ކާބޯތަކެތި ބެހެއްޓޭނެ މިންގަނޑުތައް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލަމުންދާނެއެވެ. އަދި ކުރިން އެންގުމަކާއި ނުލައި، ގެތަކާއި ތަންތަނަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރާގޮތް މޮނިޓަރ ކުރުމުގެ ބަރުވެސް ލިބިގެންދާނެއެވެ.

އެމްއެފްޑީއޭ އަދި މިނިސްޓްރީ އޮފް ހެލްތު އަދި އެމްއެފްޑީއޭގެ އިލްތިމާސްއަކީ ކާބޯތަކެއްޗަކީ އާންމު ފަރުދުން ގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ކަމަށްވާތީ މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން އާއްމުންގެ ރައްކާތެރިކަމަށް ފަރުވާތެރިވެ މިފަދަ ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމާއި ޚިލާފުވާ ފަރާތްތަކަށް، ކާބޯތަކެތީގެ ގާނޫނުގެ ދަށުން ތަންތަން ޖޫރިމަނާކޮށް، ލައިސެންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚްތިޔާރު ވެސް އެމް.އެފް.ޑީ.އޭ. އަށް ލިބޭނެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުުމުން، އެކަމާިއ ގުޅިގެން ހަދަން ޖެހޭ ޤަވާޢިދުތަކުގެ މަސައްކަތް އެމް.އެފް.ޑީ.އޭ އިން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު