ފޮރިންގ އިންވެސްޓްމަންޓް ބިލު މަޖިލީހަށް ހުށަހަޅައިފި

އަލީ އަޒްލީފް
13 Aug 2024
ހަބަރު

ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، އެފަދަ އިންވެސްޓަރުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ފޮރިން އިންވެސްޓްމަންޓުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. 

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވަނީ 12 އޯގަސްޓް 2024 ގައި ރައްޔިތުންގެ މަޖިލީހަށް ފޮރިންގ އިންވެސްޓްމަންޓް ބިލު ހުށަހަޅުއްވައިފައެވެ. މި ބިލަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، އެފަދަ އިންވެސްޓަރުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުށަހެޅުނު ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވޭނެ ޝަރުޠުތަކާއި، އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުޠުތަކާއި، އިންވެސްޓަރުންގެ ޒިންމާއާއި އެ ފަރާތްތަކަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުމާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް އަދި ދިވެހިރާއްޖެއިން ބައިވެރިވާ އިންވެސްޓްމަންޓާ ގުޅޭ މުޢާހަދާތަކާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް ޢަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުމެވެ.

މި ބިލު ވެގެންދާނީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ފަސޭހަ އަދި ފަހި މާހައުލެއް ޤާއިމުވެ، ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޮރިން ކެޕިޓަލާއި، ޓެކްނޯލޮޖީއާއި، ޢިލްމާއި ހުނަރު ގެނައުމަށް ފަހި މާޙައުލެއް އުފެދި، ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅަކަށެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފޮރިންގ އިންވެސްޓްމަންޓާބެހޭ ޤާނޫނަކީ 1979 ވަނަ އަހަރު ވުޖޫދަށް އައި ޤާނޫނެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށިތާ 45 އަހަރު ވެފައިވާއިރު، ޒަމާނަށް ފެތޭ ގޮތަށް ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތަކާއި، އެފަރާތްތަކުގެ ވިޔަފާރިތައް ޙިމާޔަތްކޮށް ފޮރިންގ އިންވެސްޓްމަންޓްތަކާއި ގުޅިގެން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ޢިޖުރާއަތުތައް ސާފުކޮށް ޤާނޫނުގައި ބަޔާންކޮށް، މިހާތަނަށް މި ޤާނޫނަށް އެއްވެސް އިޞްލާޙެއް ގެނެވިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު