ރޯގާ އާއި ކެއްސުމަށް ބޭނުން ކުރަމުންދާ "ކޮފްސީ ސިރަޕް" ބޭނުން ކުރުން މަނާކޮށްފި

އައިޝަތު ޝިއުރާ
19 Aug 2024
ހަބަރު

ރޯގާ އާއި ކެއްސުމަށް ބޭނުން ކުރަމުންދާ "ކޮފްސީ ސިރަޕް" ބޭހުގައި ކޮލެޓީގެ މައްސަލައެއް ފާހަގަކުރެވިފައިވާތީ، މިބޭސް އެތެރެކުރުމާއި ވިއްކުމާ އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާއްމުކުރި އިއުލާންގައި ބުނެފައިވަނީ ކޮފްސީ (100 އެމްއެލް) ސިރަޕްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް އެއޮތޯރިޓީން ކުރަމުން ގެންދާކަމަށެވެ.

އަދި ދިމާވެފައި މައްސަލަ އެއޮތޯރިޓީ އިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މިޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށްވެސް އެ އޮތޯރިޓީންވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު