ރާއްޖެއަށް އެތެރެކުރަމުންދާ ވެހިކަލްތަކުގެ އަދަދު ލިމިޓްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
19 Aug 2024
ހަބަރު

މާލެފަހި ޕްރޮގްރާމްގެ ދަށުން ކަސްޓަމްސްއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ މުޙައްމަދު އަމީން، އަދި މި މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު މިއަދު ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް އެތެރެކުރަމުންދާ ވެހިކަލްތަކުގެ އަދަދު ލިމިޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިކަމާ ގުޅިގެން ކަސްޓަމްސްގެ ފަރާތުން ކުރެވިދާނެ ކަންތައްތަކާ މި ކަމަށް ގެނެވިދާނެ ހައްލަކާއި ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

މީގެ އިތުރުން، އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނެވިދާނެ ބަދަލުތަކާ ގުޅިގެން ދެފަރާތުން މަޝްވަރާކުރިއެވެ. މި ބައްދަލުވުމުގައި މާލެފަހި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވޭ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
ލ.ފޮނަދޫގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ހުޅުވައިފި
ލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި އިއްޔެ ހުޅުވައިފިއެވެ.
22 Oct 2025
ހަބަރު
ހައްދުންމައްޗަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
22 Oct 2025
ހަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. ޅޮހިން މީހަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނ. ޅޮހިން މީހަކު ހައްޔަރުކޮށްފިކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
20 Oct 2025
ހަބަރު
އިތުރު 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
20 Oct 2025
ހަބަރު