އެމްއެންޔޫގެ ނޫސްވެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ޝިއުރާ
19 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މާލެ ކެންޕަސްގައި ކުރިއަށް ގެންދާ އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމްގެ އޮގަސްޓް އިންޓޭކް 2024ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

އެގޮތުން، މާސްކޮމިއުނިކޭޝަން، މޯލްޑިވިއަން ސްޓަރޑީޒް، ނިއުސް އެންޑް މީޑިޔާ އެތިކްސް އަދި ޑިޖިޓަލް ޖާނަލިޒަމް ފަދަ މާއްދާތަކުގެ އިތުރުން މި ކޯހުގައި ދިވެހި ބަހާއި އިނގެރޭސި ބަސް ވެސް ކިޔަވައިދެވޭނެއެވެ.

އެމް.އެން.ކިއު.އެފް ލެވެލް 4 ގެ މިކޯހުގައި ބައިވެރިވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯ ލެވެލްގެ 3 ފާސް ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ފެންވަރު ހުރުން ނުވަތަ 18 އަހަރު ފުރިފައިވާ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު އިނގެރޭސި ބަހުން ލިޔަން ކިޔަން ދަތުމެވެ.

1 އަހަރު ދުވަހުގެ މުއްދަތަކަށް ބަހައިލެވިގެން ކުރިއަށްގެންދާ މި ކޯހުގެ ޖުމްލަ ފީ އަކީ 6،960 ރުފިޔާއެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްއެންޔޫގެ ވެބްސައިޓް މެދު ވެރިކޮށް މި ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު