ބާ ކައުންސިލްގެ އިސްބޭފުޅުން އައިޔޫއެމްއަށް ޒިޔާރަތްކުރައްވައިފި

އައިޝަތު ޝިއުރާ
19 Aug 2024
ހަބަރު

ބާ ކައުންސިލް އޮފް ދަ މޯލްޑިވިސްގެ ބައެއް އިސްބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ބައެއް އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމަކީ އައިޔޫއެމް އިން މިހާރު ކުރިއަށް ގެންދާ 'ޝަރީޢާ އެންޑް ލޯ' އާއި ގުޅުންހުރި ކޯސްތަކާއި ކުރިއަށް އޮތްތާގައި ދެ ފަރަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.

19 އޮގަސްޓް 2024 ވީ ހޯމަ ދުވަހު އައިޔޫއެމްގައި ބޭއްވުނު މި ބައްދަލުވުމުގައި، އައިޔޫއެމް ގެ ފަރާތުން އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ވަޙީދާ، ޑީން އޮފް ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އަލްއުސްތާޡް ޢަލީ ނިޝާމްގެ އިތުރުން ބައެއް ލެކްޗަރާސް ބައިވެރިވަޑައިގަންނަވާފައިވެއެވެ. އަދި ބާ ކައުންސިލްގެ ފަރާތުން އެ އިދާރާގެ އެކްސްކޯ މެމްބަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ބާ ކައުންސިލަކީ ދިވެހި ދަޢުލަތުގައި އިންސާފު ޤާއިމުކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ފެންވަރު ބެލެހެއްޓުމާއި ހިފެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ. އެގޮތުން، މި އިދާރާ އިން ވަނީ ހަމަތަކާއި އުޞޫލުތަކުގެ މަތިން ވަކީލުންނަށް ޤާނޫނީ ދާއިރާގައި ކުރިއަރައި ދިޔުމަށް އެތަށް ދޮރުތަކެއް ހުޅުވައިލާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އެމްއެންޔޫ) އަކީ ބާ ކައުންސިލް ފަދަ އެތަށް މުއައްސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އެކި ދާއިރާތަކުގައި މަތީ ތަޢުލީމުގެ ފުރުސަތު ފަހި ކޮއްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާ ޔުނިވާސިޓީއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު