ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ 14ވަނަ ޖަލްސާ - ފޮޓޯ: މަޖިލީސް

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކޮމެޓީ މަސައްކަތަށް ޖާގަ ދިނުމުގެ ގޮތުން - އަބްދުއްރަހީމް

އަލީ ޝާހީން
15 Jul 2024
ހަބަރު

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަދިނުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލާފައިވަނީ މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެވަގުތު ޖަލްސާއަށް ޙާޟިރުވެ ތިއްބެވީ ނިސްބަތުން މަދު މެންބަރުންތަކެއް ކަމަށާއި ގިނަ މެންބަރުން ތިއްބެވީ ކޮމެޓީތަކުގެ މަސައްކަތްތަކުގައި ކަމަށެވެ. އެހެންކަމުން ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަދިނުމުގެ ގޮތުން މިއަދުގެ ޖަލްސާ ނިންމާލިކަން އަބްދުއްރަހީމް ވަނީ އިއުލާން ކުރަށްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތުގައި ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން މިވަގުތުވެސް ވަރަށް ގިނަ ކޮމެޓީތައް ހިނގަމުން އެބަދާކަމަށާއި އަދި އިތުރު ކޮމެޓީތައް މިއަދު ފަށާގޮތަށް އޮތީމަ ކޮމެޓީތަކުގެ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން މިއަދުގެ ޖަލްސާ ނިންމާލީކަމަށް ވިދާޅުވިއެވެ. 

މިއަދު ކޮމެޓީ މަސައްކަތަށޤ ވަގުތު ދިނުމުގެ ގޮތުން ނިންމާލައިފައިވަނީ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ 14ވަނަ ޖަލްސާއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު