އިމިގްރޭޝަނުން ނެރުނު ނޯޓިސް

ބުޅާމަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތުކުރާ އަރަފާތު ހޯދުމަށް އިއުލާންކޮށްފި

އަލީ ޝާހީން
19 Aug 2024
ހަބަރު

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހޮސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނޯޓިސްއެއް ނެރެފިއެވެ.

އޭނާ ހޯދުމަށް އިމިގްރޭޝަނުން ނެރެފައިވާ ނޯޓިހުގައި ބުނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން އަންގާފައެވެ. އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އަރަފާތު ނަމަކަށް ކިޔާ ބަނގަލަދޭޝް މީހެކެވެ. 

އިމިގްރޭޝަނުން ހޯދުމަށް އިއުލާނުކުރި އަރަފާތަކީ އޭނާ އާމެދު ބައެއް އާއްމު ފަރާތަކުން ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. މިގޮތުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ. 

އަރަފާތުގެ ކަންކަން އެނގޭ ބައެއް މީހުންވެސް ވަނީ އޭނާ އާ ގުޅޭ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިގޮތުން އަރަފާތު ދިރިއުޅެމުންދާ ގޭދޮށުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށް އަވައްޓެރިން ބުނެފައިވާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު