ޒަކާތާއި ބެހޭ މައުލޫމާތު ސެޝަން - ފޮޓޯ: މިނިސްޓްރީ

އިސްރަށްވެހިންނަށް ޚާއްސަކޮށް ޒަކާތާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފި

އަލީ ޝާހީން
20 Aug 2024
ހަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށް ޒަކާތާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި މައުލޫމާތު ސެޝަނުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ހަރަކާތުގައި ޒަކާތާއިބެހޭގޮތުން މަޢުލޫމާތު ދެއްވީ ޒަކާތުގެ ހައުސްގެ އިސްބޭފުޅުންނެވެ.

މި ސެޝަންގައި ޒަކާތަކީ އިސްލާމް ދީނުގެ 3 ވަނަ ރުކުންކަމާއި ޒަކާތް ބެހިފައިވަނީ ކިތައް ބަޔަށްކަމާއި، މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ތަފާތާއި، ޒަކާތުގެ ހައްޤުވެރިންނަކީ ކޮބައިކަން ބައިވެރިންނަށް ވަނީ ކިޔާދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ދީނީ އެކިއެކި މަޢުލޫތަކަށް ވާހަކަދެއްކުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް ސިލްސިލާގޮތެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

އަދި މި ސެޝަންތަކަކީ އިސްރަށްވެހިންގެ އެދުމުގެ މަތިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސެޝަންތަކެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު