މަގުތަކުގެ ތޮއްޖެހުން ޙައްލު ކުރުމާއި ގުޅޭގޮތުން ޓްރާންސްޕޯޓާއި ވެމްކޯއިން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

މާލެ ސަރަޙައްދުގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންގެ މެދުގައި މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.     

މި ބައްދަލުވުމުގައި މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ޙާއްޞަކޮށް މުދާއުފުލުމަށް ބޭނުންކުރާ ޕިކަޕް ލޮރީ ފަދަ ބޮޑެތި އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ދެ މުޢައްސަސާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ޚިޔާލު ބަދަލު ކުރެވުނެވެ. މިގޮތުން ވެމްކޯއިން މިހާރު ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުގެ އިންތިޒާމްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މިކަމަކީ ސަރުކާރުން މިހާރު ފަށާފައިވާ "މާލެފަހި" ޕްރޮގްރާމްގެ ތެރޭގައި މާލެ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ޙައްލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު