ހުޅުމާލޭގައި ވަގުތީ ޕާކިންގ ޒޯނެއް ޤާއިމުކުރުމަށް އެއްބަސްވުމަގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

 މާލެ ސަރަހައްދުގެ މަގުތަކުގައި ދިމާވެފައިވާ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި ވަގުތީ ޕާކިންގ ޒޯނެއް ޤާއިމުކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިއަދު ސޮއިކުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ދެމެދުއެވެ. 

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ވަގުތީ ޕާކިންގ ޒޯނެއް ޤާއިމުކުރެވޭނީ ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބާއްވާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރުމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގައި ދިމާވެފައިވާ ތޮއްޖެހުން ކުޑަކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ވަގުތީ ޕާކިންގ ޒޯން އަވަސް މުސްތަޤްބަލެއްގައި ޤާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރައްވައެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މާލެ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުންގެ އިދާރާ ހިމެނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު