ބެއިޖިން ނޯމަލް ޔުނިވާސިޓީ ގައި ދިވެހިންނަށް ހުރި ފުރުސަތުތަކާއި މެދު މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ މިހާރު ޗައިނާގެ ބެއިޖިން ލޯމަލް ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހި ދަރިވަރުންނަށް އެ ޔުނިވާސިޓީ އިން މަތީ ތަޢުލީމުގެ ހާޞިލުކުރުމުގެ ފުރުސަތުތަށް ފަހިކޮއްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިނެވިއެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ޕްރެޒިޑެންޓް، ޕްރޮފެސަރ، ޔޫ ޖިއޮންގް، ވައިސް ޕްރެޒިޑެންޓް، ޕްރޮފެސަރ، ޖޯ ޒުއޮޔުގެ އިތުރުން އެ ޔުނިވާސިޓީގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިނެވިއެވެ.

މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ބޭރުގެ އެކި އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮއްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު