އޭސީސީގެ ރައީސް އާދަމް ޝާމިލް

ފެނަކައިގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭގޮތުން އާދަޔާ ޚިލާފަށް ގިނައިން މައްސަލަތައް ހުށަހެޅިފައިވޭ: އޭސީސީ

އައިޝަތު ޝިއުރާ
15 Jul 2024
ހަބަރު

ފެނަކައިގެ މިދިޔަ މެނޭޖްމަންޓާއި ގުޅޭގޮތުން އާދަޔާ ޚިލާފަށް ގިނައިން މައްސަލަތައް ހުށަހެޅިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލު ވިދާޅުވެއްޖެއެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުން ހުށަހަޅާފައުވާ މައްސަލަތަކާއި، އެ ކުންފުނިތައް ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭސީސީ މިއަދު ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާމިލު ވިދާޅުވީ އާދަޔާ ޚިލާފަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ޚާއްސަ ސަމާލުކަމެއްދީގެން މިދިޔަ އަހަރު މައްސަލަތައް ބަލަން ފަށާފައިވާނެކަމަށެވެ. އެގޮތުން މިހާރުވެސް އޭސީސީގެ ވެރިންނަށް ތުހުމަތުކުރެވޭ 6 މައްސަލައެއް އޭސީސީން ބަލަމުން އަންނަކަމަށް ޝާމިލު ވިދާޅުވިއެވެ. 

މައްސަލަތައް ހުށަހެޅިފައިވާ ގޮތަށް ބަލާއިރު އެއް ބާވަތެއްގެ އެތައް މައްސަލަތަކެއް ހުށަހެޅިފައިވާތީ އޭސީސީން މައްސަލަތައް ބަލަމުން އަންނަނީ އެއް ބާވަތެއްގެ މައްސަލަތައް އެއީ އެއް މައްސަލައެއްގެ ގޮތުގައި ބަލައިގެންކަމަށް ޝާމިލު ވިދާޅުވިއެވެ. މި ހަ މައްސަލައަކީ ވެސް ވަރަށް ބޮޑެތި މައްސަލަތައް ކަމަށް ޝާމިލު ވިދާޅުވިއެވެ. 

އޭގެތެރޭގައި ފެނަކައަށް ފައިދާވާން ހުރި ކަންކަމުގައި އެނޫން ގޮތަކަށް ކަންކޮށްފައިވާ މައްސަލަތައް ހިމެނޭކަމަށް ޝާމިލު ވިދާޅުވިއެވެ. ޝާމިލު ވިދާޅުވީ މިމައްސަލަތައް ބެލުން ލަސްވަމުން ދަނީ ފެނަކައިން ލިބެންޖެހޭ މައުލޫމާތުތައް ނުލިބިގެންކަމަށެވެ. އެގޮތުން މިހާރުވެސް އޭޕްރީލް މަހު ހޯދަން ހުށަހެޅި މައުލޫމާތު އަދިވެސް ނުލިބޭކަމަށް ޝާމިލު ވިދާޅުވިއެވެ. 

މީގެއިތުރުން ފެނަކައާ ގުޅޭގޮތުން ހުށަހަޅާފައިވާ 25 މައްސަލައިގެ މައުލޫމާތު ނުލިބިގެން ފެނަކައަށް ވަދެ އެމައްސަލަތަކުގެ ހުރިހާ މައުލޫމާތެއް ހޯދާފައިވާކަމަށް ޝާމިލު ވިދާޅުވިއެވެ. 

މިމައްސަލަތަކުގެ އިތުރު ތަފްސީލު ދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުބީ މިމައްސަލަތަކުގެ ތެރޭގައި އެއް މައްސަލައަކުން ކުރި ފަޅާފައިވާ އެތައް މައްސަލައެއް ހިމެނޭކަމަށެެވެ. އެގޮތުން އިންހައުސްކޮށް މުވައްޒަފުން ނަގާއިރު ދެގުނަ ޚަރަދުވާގޮތަށް ކަންކަންކޮށްފައިވާކަމަށް އަބްދުލް ސަލާމް ވިދާޅުވިއެވެ. 

މިސާލަކަށް 15 މިލިއަން ރުފިޔާއަށް ހެދޭ އިންޖީނުގެ އިންހައުސް ކޮށްގެން ހެދީމަ ދެ ގުނަ ބޮޑުވެފައި އެބަހުރި. ބޮޑުވަނީ ކީއްވެގެއްކަން ބަލާއިރު ކެއުމާއި އެކޮމެޑޭޝަނަށް މިހުންނަނީ ޚަރަދުކޮށްފައި. ކެއުމުގެ ލާރި އެބަހުރޭ ޑަބަލްކޮށް ދީފައި. އެގޮތުން ކެއުމުގެ ލާރި ދީފައި އަނެއްކާ ރަށުން ރެސްޓޯރެންޓަށް އެބަހުރޭ ފައިސާ ދައްކާފައި. އެއް ޕްރޮޖެކްޓް ނުން މިހެން ހުންނަނީ. އެތައް ޕްރޮޖެކްޓެއްގައި. ޕެޓީކޭޝް މައްސަލަ އެބަހުރޭ. މިއިން ކޮންމެ މައްސަލައެއް ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާނަން. ދައުލަތަށް ގެއްލެނީ ކިހާ ފައިސާއެއްކަމުގައިވާނަމަ އެފައިސާ ބަލާނަން. ފަހަތުގައި ތިބީ ކޮންބައެއްކަން ބަލާނެ. އެބޭފުޅާގެ އެސޓްެ ހުރެއްޖެނަމަ އެކަންކަންވެސް ބަލާނެ. 

އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް

ކޮމިޓީގައި އޭސީސީގެ ބޭފުޅުން މައިގަނޑުގޮތެއްގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ މައްސަލަތައް ބެލުމުގައި ކުންފުނިތަކުން އެކަށީގެންވާ މިންވަރަށް އެއްބާރުލުން ނުލިބުމެވެ. އެކަމުގެ ސަބަބުން މައްސަލަތައް ބެލުން ލަސްވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު