އައިޔޫއެމް އިން "ސްޓަޑީ ގައިޑްލައިން" ލިޔުމަށް މާލީ އެހީ ދީފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން 13 'ސްޓަޑީ ގައިޑްލައިން' އެއް ލިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޔުނިވާރސިޓީގެ ލެކްޗަރާއިންނަށް ދެއްވައިފިއެވެ.

މި ކަމަށްޓަކައި އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި 'ސްޓަޑީ ގައިޑްލައިން' ލިޔުމުގެ މާލީ އެހީ ލެކްޗަރާއިންނާއި ހަވާލިކޮށްދެއްވީ އެ ޔުނިވާރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ވަޙީދާއެވެ.

އައިޔޫއެމްގެ ލެކްޗަރާއިންނަށް 'ސްޓަޑީ ގައިޑްލައިން' ލިޔުމަށް ދެއްވި މި ފުރުސަތުގައި 18 ލެކްޗަރާއިން ވަނީ ސްޓަޑީގައިޑް ލައިން ލިޔުމަށް ޝައުގުވެރިކަން ފާހަގަކޮށް ޕްރޮޕޯސަލް ހުޅަހަޅާފައެވެ. މި 18 ޕްރޮޕޯސަލްގެ ތެރެއިން 13 ސްޓަޑީ ގައިޑްލައިން ލިޔުމަށް އައިޔޫއެމްގެ ފަރާތުން ލެކްޗަރާއިންނަށް ތިންލައްކަ ދިހަހާސް ރުފިޔާގެ މާލީ އެހީ ދެއްވާފައިވެއެވެ

ލެކްޗަރާއިން ލިޔުއްވާ 'ސްޓަޑީ ގައިޑްލައިން' އަކީ ދަރިވަރުންގެ އުނގެނުމުގައި އެހީތެރިވުމަށް ފަރުމާކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި، އެ ލެކްޗަރާއެއް ކިޔަވައިދެއްވާ މާއްދާގެ މުޙިއްމު ނުކުތާތަކާއި، އެސައިމެންޓާއި އިމްތިޙާން ފަދަ މާއްދާ އިން ރަނގަޅު ނަތީޖާ ހޯދުމަށް ބޭނުންވާ އެތަށް މަޢުލުމާތެއް އެކުލެވިގެންވާނެއެވެ. މިއީ، ދަރިވަރުންނަށް ތަޢުލީމު ހާޞިލުކުރުމުގައި ލުއި ފަސޭހަކޮއްދިނުމުގެ އިތުރުން ލެކްޗަރާއިނަށް އުގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތަށް މަދުކުރުމުގެ މަޤްސަދުގައި ފަރުމާކުރާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަނީ އެ ޔުނިވާސިޓީ އިން ފޯރުކޮއްދެއްވާ މަތީ ތަޢުލީމާއި ތަމްރީނުގެ ކުރިއެރުމާއި ތަރައްޤީއަށް، އެ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް އެކަށީގެންވާ އެއްބާރުލުމާއި އެހީ ދެއްވައި، އެކި މުއައްސަސާތަކާއި ގުޅިގެން ތަފާތު އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު