ޕޮލިޓެކްނިކުން ށ. ގޮއިދޫގައި ތަމްރީން ޕްރޮގްރާމްތަށް ފެށުމަށް މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

މޯލްޑިވްސް ޕޮލިޓެކްނިކުން ށ. ގޮއިދޫ ކައުންސިލް އާއި ގުޅިގެން އެރަށުގައި ކުރިޔަށް ގެންދެވިދާނެ ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އޮގަސްޓް 2024 ވީ ހޯމަ ދުވަހު ޕޮލިޓެކްނިކްގައި ބޭއްވުނު މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ށ.ގޮއިދޫ ކައުންސިލްގެ ބައެއް އިސްބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ތަމްރީނު ޕްރޮގްރާމްތަށް ށ.ގޮއިދޫގައި ކުރިއަށް ގެންދިޔުމަށް ކައުންސިލްގެ ފަރާތުން ދެވެންހުރި އެހީތެރިކަމާއި ގުޅޭ މައުލޫމާތު ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން އަށް، ގޮއިދޫ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. އޭގެ އިތުރުން އެ ރަށުގެ ސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށް، ކުރިޔަށް ގެންދެވިދާނެ ޕޮރިގްރާމްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު އުންމީދުން ފުރިގެންވީ ބައްދަލުވުމެއްކަން، ދެފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ.

ސެޓްފިކެޓް 1 ކުން ފެށިގެން 5 ކާއި ހަމައަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތަށް ޕޮލިޓެކްނިކްގައި ކުރިއަށް ގެންދެއެވެ. އެގޮތުން، ބޭކިން އެންޑް ޕޭސްޓްރީ، ޕޮޓޯގްރަފީ، ސިވިލް އިންޖީނިއަރިން، އިލެކްޓރިކް އިންޖީނިއަރިން، ޕްރޮގްރާމިން، ވެލްޑިންގ އެންޑް މެޓަލްފެބްރިކޭޝަން، ޓޭލަރިން އެންޑް ފެޝަންޑިޒައިނިންގ ފަދަ އެތަށް ދާއިރާތަކަކުން ތަމްރީނު ހާޞިލުކުރުމުގެ ފުރުސަތު ޕޮލިޓެކްނިކުން ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މި ކޯސްތައް އެ އިދާރާ އާއި ގުޅިގެން އަތޮޅުތަކުގައިވެސް ކުރިޔަށް ގެންދިއުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރަށްރަށުގެ ކައުންސިލާއި ޖަމިއްޔާ ޖަމާޔަތްތަކާއި ގުޅިގެން ، ޕޮލިޓެކްނިކުން އަންނަނީ ރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު