ޕަބްލިކް ވާރކްސް ޔުނިޓުން ކުރަމުންދާ މަސައްކަތްތައް ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފި

އައިޝަތު ޝިއުރާ
20 Aug 2024
ހަބަރު

މއ ރަބީއުވިލާ ތަޅާލުމަށްޓަކައި ޕަބްލިލް ވަރކްސް ޔުނިޓުން ކުރަމުންދާ މަސައްކަތްތައް ވަޒީރު އާދަމް ޝަރީފް ބައްލަވާލައްވައިފިއެވެ. 

މިއީ އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.

ބާވެ ވެއްޓެން ފަށައިފައިވާ ކަމަށް 2019 ވަނަ އަހަރު ޕްލޭނިންގ މިނިސްޓްރީން އިޢުލާންކުރި 11 ގޭގެ ތެރޭގައި މއ. ރަބީޢުވިލާ ހިމެނެއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މި ގެއަކީ އިޖުތިމާޢީ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ފަޅު ގެއެކެވެ.

"މއ. ތަޅައިލުމުގެ މަސައްކަތްކުރަމުންދަނީ އެ ޢިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާތީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ގޭންގުތައް ހުއްޓުވުމަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުގެ އެންމެ މަތީގައި ހިމެނި ވަޑައިގަންނަވައި ކަންކަން ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން އެކި ފަހަރުމަތިން ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު