ލޭނު މަސްވެރިކަމުގެ ގަވާއިދުގައިވާ މޮނިޓަރކުރުމާއި ކޮންޓްރޯލުކުރުމާއި ސަރވޭލަންސްއާގުޅޭ ފިޔަވަޅުތައް

އަލީ އަޒްލީފް
20 Aug 2024
ހަބަރު

ލޭނު މަސްވެރިކަމުގެ ޑްރާފްޓް ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން، މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ [މަސްވެރިކަމާބެހޭ މަޢުލޫމާތު ރިކޯޑުކުރުމާއި ރިޕޯޓްކުރުމާބެހޭ އުސޫލު] ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އުޅަނދުފަހަރު މަސްދަތުރަކަށް ފުރުމުގެ 48 (ސާޅީސްއަށެއް) ގަޑިއިރު ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ "ޑިޕާރޗަރ ކްލިއަރެންސް ފޯމް ފޯ ލޯންގްލައިން ފިޝިން ވެސެލްސް" ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ އުޅަނދު މަސްވެރިކަމަށް ފުރަންވާނީ މިނިސްޓްރީން ދޫކުރާ "ޑިޕާރޗަރ ކްލިއަރަންސް" ލިބުމަށްފަހުގައެވެ.

ލޭނު އަޅާ އުޅަނގައި ހަރުކުރާ ވެސަލް މޮނިޓަރިންގ ސިސސްޓަމް (ވީ.އެމް.އެސް) އާ ގުޅޭ ކަންކަން

(ހ) މިގަވާއިދުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސްއަށް އެދޭ ކޮންމެ އުޅަނދެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ [ވެސަލް މޮނިޓަރިންގ ސިސްޓަމް] އެއް ޤާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން އުޅަނދުގައި ހަރުކޮށްފައިވާ [ވެސަލް މޮނިޓަރިންގ ސިސްޓަމް] ހުންނަންވާނީ، އަބަދުވެސް ހުޅުވާފަ ('އޮން' ކޮށްފަ) އެވެ.

(ނ) މިނިސްޓްރީއަށް ލިޔުމުން އަންގައި ހުއްދަ ލިބިގެންމެނުވީ ވެސަލް މޮނިޓަރިންގ ސިސްޓަމް ނިއްވާލައިގެން ނުވާނެއެވެ.

(ރ) އުޅަނދު މަސްވެރި ދަތުރަށް ފުރުމުގެ ކުރިން، އެ އުޅަނދުގެ ވީ.އެމް.އެސް ފުރިހަމައަށް މަސައްކަތްކުރާކަން އުޅަނދުގެ މާސްޓަރ އަދި އޮޕަރޭޓަރު ޔަޤީންކުރަންވާނެއެވެ.

(ބ) މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވީ.އެމް.އެސް، އެއްވެސް ސަބަބަކާހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީއަށް އެ އުޅަނދުގެ ޕޮޒިޝަން ނުފެންނަކަމަށް މިނިސްޓްރީން އުޅަނދަށް އަންގައިފިނަމަ، އުޅަނދު އޮތް ސަރަޙައްދު (ޠޫލު، ޢަރުޟު ވަކިން އެނގޭނެހެން)، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ޙަރަކާތުގެ މަޢުލޫމާތު ކޮންމެ 4 (ހަތަރެއް) ގަޑިއިރަކުން މިނިސްޓްރީން ކަނޑައަޅާ ސެންޓަރަކަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ޅ) ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ 'ވެސަލް ލޮކޭޓިންގް ޑިވައިސް'، އެއްވެސް ސަބަބަކާހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީގައި ހުންނަ ވީ.އެމް.އެސް އިން އެ އުޅަނދުގެ ޕޮޒިޝަން ނުފެންނަކަމަށް ލައިސަންސްދޭ މުއްދަތުގެ ތެރޭގައި 2 (ދޭއް) ފަހަރު ރިޕޯޓުކޮށްފައިވާނަމަ، އެ އުޅަނދުގެ ވެސަލް ލޮކޭޓިންގް ޑިވައިސްއަށް ދިމާވެފައިވާ މައްސަލަ ބަލައި ތަޙުޤީޤު ކުރަންވާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު