"ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް" ކެންޕޭންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު

އަލީ އަޒްލީފް
20 Aug 2024
ހަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) ޕްރޮޖެކްޓް އިން ކުރިއަށް ގެންދާ 'ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް' ކެންޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް 12 އޮގަސްޓް 2024 ގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ އިން "ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ކެންޕޭންގައި ބައިވެރިވުމަށް، އެޒުވާނަކު މަސައްކަތްކުރާ ދާއިރާއާއި މެދު ޝައުގުވެރިކަން އުފެދުނު ގޮތާއި، އެ ދާއިރާގައި މަސައްކަތްކުރަން ފެށުނު ގޮތާއި، އެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ އިތުރުން އެހެން ޒުވާނުނަށް ދޭން ބޭނުވާ މެސެޖަކީ ކޮބައިކަން ދޭހަވާގޮތަށް، 3 މިނެޓުގެ ވީޑިއޯއެއް (ޕޯޓްރޭޓް އޮރިއެންޓޭޝަންގައި) ނުވަތަ ޕްރެޒެންޓޭޝަނެއް (ފޮޓޯ ސްލައިޑްސް) ތައްޔާރުކޮށް، ތިރީގައިވާ އީ-މެއިލް އަށް ފޮނުވުމަށްފަހު މީރީގެ ސޯޝަލް މީޑިއާތަކަށް ފޮލޯ އަދި ޓެގް ކުރައްވައިގެން ބައިވެރިވެވޭނެއެވެ.

16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން، އެޒުވާނުންގެ ވާހަކަތައް އާމުންނާއި ހަމައަށް ގެނެސްދިނުމާއެކު އެ ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ގެންދާ މި ކެމްޕެއިން ގުރުއަތުން ފުރަތަމަ ހޮވޭ ފަރާތަކަށް ފޫޖީ ފިލްމް އިންޓެކްސް ވައިޑް 300 އިންސްޓެންޓް ކެމެރާ އެއް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އަންބަލަންގެ ޖްވެލްރީ ޑިޒައިން ކޯސް ލިބިގެންދާއިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ބޮޑީ ޓެކް ޖިމްގެ 1 މަސްދުވަހުގެ މެމްބަރޝިޕް ލިބިގެންދާނެއެވެ.

މި ކެންޕޭނުގައި ބައިވެރިވުމުގެ ފުރުސަތު 12 ސެޕްޓެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 18:00 ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު