ކޮވިޑްގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޕްރޮކިއުމެންޓް ހެޑް، ލެބޯޓަރީ ހެޑް އަދި ކުރީ ސީއީއޯގެ މައްޗަށް ދައުވާކުރަނީ

އަލީ އަޒްލީފް
20 Aug 2024
ހަބަރު

 ކޯވިޑުގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރުނު ދުވަސްވަރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި އައިޖީއެމްއެޗް ކުރީގެ 3 ވެރިޔަކަށް ދަޢުވާކުރުމަށް ވެރިންތަކަކަށް ދަޢުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅުއްވައިފިއެވެ.

މިމައްސަލައަކީ ކޯވިޑު-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ޕީސީއާރް ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ބޭނުންވާ "ރީއެޖެންޓްސް" ހޯދުމުގައި ނާޖާއިޒް މަންފާ ހޯދާފައިވާކަމަށް ތުހުމަތުކުރެވިގެން އޭސީސީން ތަހުގީޤުކުރި މައްސަލައެކެވެ.މި މައްސަލާގައި ދައުވާކުރަނީ އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމާއި އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ވެރިޔަކަށް ކުރިން ހުންނެވި ޑރ.މިލްޒާ ޢަބްދުލްމުޙްސިންއާއި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރއަކަށް ހުންނެވި ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށެވެ.

ޑރ. ޢަލީ ޢަބްދުﷲ ލަޠީފަކީ އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރގެ އިތުރުން ކޯވިޑްގެ ދުވަސްވަރު މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރަކަށް ހުންނެވި ބޭފުޅެކެވެ.

މި 3 މީހުންގެ މައްޗަށްވެސް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ޑރ. އަލީ އަބްދުﷲ ލަޠީފްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި، އޭނާގެ މަސްލަހަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމުގެ ތުހުމަތުވެސް ކުރެއެވެ. މީގެ ތެރެއިން މަނީ ލޯންޑަރިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކޮށް ދިނުމަށް އެދި އޭސީސީން ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.

އަދި ޓެކުހަށް މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުޤީޤުކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވާފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ޑރ. ޢަލީ އަބްދުﷲ ލަޠީފު އަދި ޑރ.މި ލްޒާގެ ޑޮކްޓަރުންގެ ކަންކަން ބެލުމުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށްވެސް އޭސީސީން ވަނީ ގެންނަވާފައެވެ.

އަދި އެ ދެ ޑޮކްޓަރުންނާމެދު ފިޔަވަޅެއް އަޅަން ޖެހޭކަމަށްވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު އެކަން އޭސީސީއަށް އެންގެވުމަށް އޭސީސީން މެޑިކަލް ކައުންސިލުގައި ވަނީ އެދިފައެވެ.  

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު