އއ ތޮއްޑޫ

ތޮއްޑޫގެ މާރުކޭޓުން ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަޅަ
20 Aug 2024
ހަބަރު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނު(ބީސީސީ)ން އިސްނަގައިގެން އއ ތޮއްޑޫ ޤާއިމު ކުރަމުންދާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ. 

އެކަމާއި ގުޅިގެން ބީސީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން  އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް އެދޭކަމަށެވެ. 

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.

ބީސީސީން ބުނީ ކިއޮސްތައް ދޫކުރާނީ 2 އަހަރު މުއްދަތަށެވެ. ކިއޮސްގެ އަގަކީ 3500 ރުފިޔާއެވެ. އަގުގެ އިތުރުން ޔޫޓިލިޓީ ފީގެ ގޮތުގައި މަހަކު 300 ރުފިޔާ ނަގާނެއެވެ. 

ކިއޮސް ދޫކުރަނީ އުމުރުން 18 އަހަރުވެފައިވާ ތޮއްޑޫގެ ރައްޔިތުންނަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުގެތެރެއިން އެންމެ ކުދި ވިޔަފާރިއަކަށްވުން ނުވަތަ އެވިޔަފާރިއަކީ 100 އިންސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ވިޔަފާރިއަކަށްވާންޖެހޭނެއެވެ. 

ބީސީސީން ބުނީ މިފަދަ މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު