މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
21 Aug 2024
ހަބަރު

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާތަށް ހެދުމުގެ ގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ދެމެދު މަޝްވަރާގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންދެވިއްޖެއެވެ.

މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތާޢާމް އާއި ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ އަލީ ސަލީމް އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަބްދުލް މަތީން މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ ޓެކްނިކަލް ޓީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި، މަޝްރޫޢުއަށް ބޭނުންވާ ފީސިބިލިޓީ ޓެސްޓް ހެދުމާއި މަސައްކަތަށް ދާނެ ހަރަދުތަކުގެ އިތުރުން މަގުތައް ހަދަމުންދާއިރު ދިމާވާ ޓެކްނިކަލް މައްސަލަތައް ކުޑަކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އަމާޒަކީ މަގުތައް ހަދަމުންދާއިރު މާލޭގެ އެންމެ އަވަހަށް ފެންބޮޑުވާ މަގުތަކަށް އިސްކަމެއް ދީގެން އެކަން ކުރުންކަމަށާއި ޕްރޮޖެކްޓް ފެށުމާއެކު މިކަމުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް މިނިސްޓްރީއިން އެދިވަޑައިގަތެވެ. ރަ

އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވުމަށް އެއްބަސްވި ހިލޭ އެހީގެ ބޮޑުބައެއް ހޭދަކުރެއްވުމަށް ނިންމަވާފައިވަނީ މާލޭގެ މަގުތައް ތަރައްޤީކުރުމަށްކަމަށްވެސް އެމަނިކުފާނުވަނީ ދަތުރުފުޅަށްފަހު ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު