މާލެ އަތޮޅު ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
21 Aug 2024
ހަބަރު

މާލެ އަތޮޅު ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މި ވުޒާރާގައި އިއްޔެ އޮތް މާލެ އަތޮޅު ކައުންސިލުގެ މި ހިނގާ އޯގަސްޓް މަހުގެ ސިލްސިލާ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި، ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ބޭފުޅުންނާ ބައްދަލުކޮށްލެއްވީތީ އުފާކުރައްވާ ކަމުގައި މާލެ އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަނީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މާލެ އަތޮޅު ކައުންސިލުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މޫސުން ގޯސްވެގެން މި ދިޔަ ދުވަސްތަކުގައި ސިޓީސް މިނިސްޓްރީގެ ފަރާތުން ގުޅުއްވާ ވަރަށް ގާތުން ކަންކަން ބެއްލެވި ކަން ފާހަގަކުރެއްވިއެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހައި ކަމެއްގައި ވެސް ސިޓީސް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް ކަންކަމަށް ޖަވާބުދާރީވާ ކަން ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފު ޢުމަރަށް ޝުކުރުދެންނެވިއެވެ.

މި ބައްދަލުވުވުމުގައި މާލެ އަތޮޅު ރަށްރަށުގައި ހުރި ކަންބޮޑުވުންތައް އެ ކައުންސިލުން ހިއްސާކުރެއްވިއެވެ. އެ ގޮތުނު ކައުންސިލުތަކަށް ދައުލަތުން ދެއްވާ ބްލޮކް ގްރާންޓްގެ ޢަދަދު ކުޑަ ކަމާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، މަގުތައް ރަނގަޅު ފެންވަރުގައި ނުހެދި އޮތުމުގެ ކަންބޮޑުވުން ފަދަ ކަންކަން ހިއްސާކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޓަކައި، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް އެމްއެންޔޫއިން ކުރަމުންދާ ދިރާސާގެ މަސައްކަތް ނިމެން ކައިރިވެފައިވާ އިރު، ކައުންސިލުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް މި މިނިސްޓްރީގެ ފަރާތުން މިހާރު އަންނަނީ ވަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު