ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި ބޭފުޅުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
21 Aug 2024
ހަބަރު

ލާމަރުކަޒީ ގާނޫނު އެކުލަވާ ލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ މިބައްދަލުކުރެއް ވުމަކީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.މިބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިމަސައްކަތް މީގެ ކުރިން ކޮށްދެއްވި ބޭފުޅުން އެކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ވަނީ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އަދި ވަޒީރުވަނީ އެފަދަ މަސަައްކަތަތކެއް ކޮށްދެއްވުމަށް މިހާރުވެސް އެބޭފުޅުން ތައްޔރަށް ތިއްބެވިކަން ފާހަގަކުރަައްވައި އެފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ހާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.

މިއަދުގެ މިމަޝްވަރާ ބައްދަލުވުމުގައި ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ގެނައުމުގެ ކުރިން މިފަދަ މަސައްކަތް ތައް މީގެކުރިން ކުރެއްވެވި އެފަދަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އާއި ތަޖުރިބާ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެފަދަ ބޭފުޅުންގެ ލަފާ ވަރަށް މުހިންމުވާނެ ކަން ވެސް މިނިސްޓަރ ފާހަގކުރެއްވުމަށް ފަހު ވިދާޅުވީ ކުރިއަށް އޮތްތާގައި އެބޭފުޅުންނާއި އެކު އިތުރުމަޝްވަރާ ބައްދަކުވުމެއް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަދި ވަރަށް ބޮޑު އުއްމީދެއް އާވެގެން ދިޔަކަމެއް ތިޔަ ހުރިހާ ބޭފުޅުންނަކީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތަޖްރިބާއާއިދަސްކުރެއްވި ކަންތައްތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ބޭފުޅުން ތަކެއްކަން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ކުރީގެ ސިޓީ ކައުންސިލް މޭޔަރު ފާހަގަކުރެއްވެވީ ވަރަށް ހަރުދަނާ ބޭފޫޅުންތަކެއް ކަމަށް ތިޔަ ބޭފުޅުންނަކީ " މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުމުގެ ބައިވެރިވި ބޭފުޅުންވަނީ އެބޭފުޅުންގެ ފަރާތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތް ތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ، އެކަމާގުޅޭ ބައެއް ކަންކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރައްވާ މަޝްވަރާ ދެއްވާފައެވެ.

މިއަދު މިބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ޕްލޭނިންގ މިނިސްޓަރ ހަމްދޫން ހަމީދާއި، ކުރީގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުންކަމުގައިވާއި ، ޝިފާ މުހައްމަދާއި، ސަރަނގު އާދަމް މަނިކާއި، ކުރީގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާާއި، ކުރީގެ އެލް.ޖީ.އޭގެ އެސް.ޖީ މުހައްމަދު ޒާހިދު އާއި ކުރީގެ ސީއީއޯ ޑރ ޝުކުރީގެ އިތުރަށް ސަލްމާ ފިކުރީއެވެ.ލާމަރުކަޒީ ނިޒާމައް ސަރުކާރުން އިސްލާހު ގެނައުމަށް ބޭނުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެގޮތުން މިނިސްޓަރ އިއްޔެވަނީ ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީ އަށް ކަމާ ގުޅޭ މައުލޫމާތު ދެއްވާފައެވެ.

އަދި މީގެ އިތުރަށް ޤައުމީ ޔުނިވާރސިޓީން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ހަދަމުންގެންދާ ދިރާސާ ރިޕޯރޓް މިއަންނަ އާދީއްތަ ދުވަހު ލިބެންވާއިރަށް މިމިނިސްޓްރީން ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި ގުޅޭގޮތުން ސިޓީތަކާއި، އަތޮޅުތަކާއި، ރަށްރަށުގެ ކައުންސިލަރުންނާއި، އާއްމު ރައްޔިތުންގެ މަޝްވަަރާ އާއި ހިޔާލު ހޯދުމަށް ހާއްސަ ޓީމުތަކެއް އެކުލަވާ ލައްވައި އަތޮޅުތަކަށް ފުރުމަށް ވަނީ ތައްޔާރު ވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު