ޕޮލިޓެކްނިކުން ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށް ކޮންފަރެންސްއެއް

އައިޝަތު ޝިއުރާ
21 Aug 2024
ހަބަރު

މޯލްޑިވްސް ޕޮލިޓެކްނިކުން އިސްނަގައިގެން ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ދާއިރާއަށް އަމާޒުކޮށް ކޮންފަރެންސް އެއް ބޭއްވުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ އިސްބޭފުޅުންނާ މަޝްވަރާކޮށްފިއެވެ.

ސެންޓްރަލް އިންޖީނިއަރިންގ ކޮންސަލްޓެންސީ ބިއުރޯ އޮފް ސްރީ ލަންކާއާއި ޕޮލިޓެކްނިކުން ގުޅިގެން ބޭވުމަށް މަޝްވަރާކުރެވޭ މިކޮންފެރެންސްގައި، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި މި ދާއިރާއާއި ގުޅޭ އިތުރު މުޙިއްމު މަޢުލުމާތު ޒުވާނުންނަށް ފޯރުކޮއްދިނުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

20 އޮގަސްޓް ވީ އަންގާރަ ދުވަހު ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅުންނާއިެކު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދިންގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތުން އެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ވިޔަފާރިވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވިސް ޕޮލިޓެކްނިކް އަކީ ތަފާތު ދާއިރާތަކުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމާއި އެ ޒުވާނުންގެ ހުނަރުތައް އިޢާދަކުރުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު