ނޭޕާލްގެ ބޮޑުވަޒީރަކަށް އައްޔަންކުރެވިފައިވާ ކޭޕީ ޝަރްމާ އޮލީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، ނޭޕާލްގެ އާ ބޮޑިވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ ޝާހީން
15 Jul 2024
ހަބަރު

ނޭޕާލްގެ އާ ބޮޑުވަޒީރަކަށް އައްޔަންކުރެވިފައިވާ ކޭޕީ ޝަރްމާ އޮލީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެ އާއި ނޭޕަލް އަކީ ރައްޔިތުންނާ ގާތް ގުޅުން ބާއްވާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ދެމުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި ރައީސް ވަނީ ޝަރްމާ އޮލީއަށް މަރުހަބާ ދަންނަވާފައެވެ.  

ޝަރްމާ އޮލީ ނޭޕާލް ގެ ބޮޑުވަޒީރުކަމަށޤ އައްޔަން ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހިުއެވެ. މީގެ އިތުރުން ޝަރްމާ ވަނީ މީގެ ކުރިންވެސް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.  އެގޮތުން 2015 އޮކްޓޯބަރު 11 އިން 2016 އޮގަސްޓް 3 އަށް އަދި 2018 ފެބްރުއަރީ 5 އިން 2021 ޖުލައި 13 އަށް ވެސް އޭނާ ވަނީ ނެޕާލްގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އެހެންކަމުން މިއީ އޭނާ މިމަގާމަށް ހުވާ ކުރެއްވި 4 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. 

ޝަރްމާ އޮލީ ކޮމިއުނިސްޓް ޕާޓީއާ ގުޅުނީ 1987 ވަނަ އަހަރުއެވެ. އަދި އޭނާ އަކީ މިހާރު އެ ގައުމުގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު