އެމްޕޮކްސްއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިނިސްޓްރީގައި ބާއްވައިފި

އަލީ އަޒްލީފް
21 Aug 2024
ހަބަރު

އެމްޕޮކްސްއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިނިސްޓްރީގައި ބާއްވައިފިއެވެ. 

މި މިނިސްޓްރީގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި މިވުޒާރާގެ އަތޮޅުތައް ވިލަރެސް ކުރައްވާ ވިލަރެސްވެރިން ބައިވެރިވެލެއްވިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފާއި ، ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އިބްރާހީމް ނިޝާން އަޙްމަދުއެވެ. 

އެމްޕޮކްސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެ އެ ބައްޔަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭ އިން ވަނީ ފަށާފައެވެ. 

އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެޗްޕީއޭ އިން ދަނީ ވަމުންނެވެ.

އަދި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމާއި ސާވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެމްޕޮކްސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިން ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99000 އަށްވުރެ ގިނަ ކޭސްތައް ވަނީ ފެށިފައެވެ.

އެމްޕޮކްސްއަކީ ބައިނަލްއަގްވާނީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އަދި އެ ހާލަތު އިއުލާންކޮށްފައިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އެހެން ގައުމުތަަކަށް ބަލި ފެތުރެމުންދާތީ އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު