ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކޮށްގެން ދާއިމީ އުފަލާއި ހެޔޮ ބަދަލު އެކުއްޖެއްގެ ދިރުއުޅުމަށް ގެނެސްދެވިދާނެ!

އަލީ އަޒްލީފް
21 Aug 2024
ރިޕޯޓް

ހާލަތު ނިޔާކުރާ ގޮތެއްގެ ސަބަބުން އުފަން އާއިލާތެރޭގައި ކުދިން ބެލެހެއްޓުމަށް ދަތިވާ، ނުވަތަ ކުދިންގެ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުތިމާލު އޮތް ހާލަތްތަކުގައި ކުދިންނަށް ރައްކާތެރިކަން ބޮޑީ އުފަން އާއިލާ ނޫން ތަނެއްގައި ބެލެހެއްޓުންކަމަށް ވާ ހާލަތްތައް ވެސް މެދުވެރިވެއެވެ.

މިފަދަ ހާލަތްތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން އެ ކުދިންގެ ބެލެނިވެރިކަން އުފަން ބެލެނިވެރިން ނޫން އެހެން ފަރާތަކަށް ދެވޭ ނުވަތަ ވަގުތީ ގޮތުން ފޮސްޓަރ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގައި، މަރުކަޒުގެ ހިޔާވެހިކަމުގައި އެކުދިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ފުރިހަމަޔަށް ލިބިގެން ބެލެހެއްޓުނު ނަމަވެސް، މަރުކަޒަކީ ކުދިންގެ ހެދިބޮޑުވުމާއި، ދިރިއުޅުމަށް އެންމެ އެކަށީގެންވާ ވެއްޓެއް ނޫންކަން ދިރާސާތަކުން ވަނީ ދެނިގަނެވިފައެވެ.

އަދި ކުދިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ބޭނުންތެރީ އާއިލީ ވެއްޓެއްގައި ދިރިއުޅުން ކަމަށްވާއިރު ވަގުތީ ގޮތުން ކުއްޖަކު ފޮސްޓަރކޮށް އެ ކުއްޖަކަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ފުރުސަތު ވަގުތީ ފޮސްޓަރިންގެ ތެރެއިން ލިބިގެންދެއެވެ.

ވަގުތީގޮތުން ކުދިން ފޮސްޓަރކުރުމަށް ނިންމާނީ، ފޮސްޓަރ ޕެނަލަށް ހުށަހެޅުމަކާ ނުލައެވެ. މި ހާލަތުގައި ގޮތެއް ނިންމާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާ އާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންގެ ލަފާގެ މަތީންނެވެ.

އެ ކުދިން ވަގުތީގޮތުން ފޮސްޓަރ ކުރާއިރު ފޮސްޓަރކުރެވޭނެ މުއްދަތު ކަންޑައަޅާނީ ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާ އާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތު އިތުރުކުރަން ގަސްތުކުރާނަމަ ކުރެވޭނީ އެ ކުދިން ގެ ހާލަތަށް ރިޢާޔަތްކޮށް، ފޮސްޓަރކޮށްފައިވާ ޢާއިލާއިން ކުއްޖާ ބަލަހައްޓައިފައިވާ ގޮތުގެ އެސެސްމަންޓަކާއި ފޮސްޓަރ ކޮށްފައިވާ ޢާއިލާގެ އެސެސްމަންޓް ހެދުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނިންމުމަކުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ނިންމާ ނިންމުން އޮންނަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުމުގައި އޮންނަންވާނީ ސޮއިކުރެވިފައެވެ. ހަމައެއާއެކު ވަގުތީ ގޮތުން ކުއްޖަކު ފޮސްޓަރކޮށް ބަލަހައްޓާނަމަ، އެ ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ފޮސްޓާކުރާ ބެލެނިވެރިންނަށް މާލީ އެހީތެރިކަން ވެސް ދައުލަތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.

ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު 1433 އަށް ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު