އާމްސް ޓްރޭޑް ޓްރީޓީ (އޭ.ޓީ.ޓީ.) ކޮންވެންޝަނަކީ ކޮބާ؟

އަލީ އަޒްލީފް
21 Aug 2024
ރިޕޯޓް

އާމްސް ޓްރޭޑް ޓްރީޓީ (އޭ.ޓީ.ޓީ.) ކޮންވެންޝަން އަކީ ބައިނަލްއަޤްވާމީ މަޝްރަހުގައި ހަތިޔާރުގެ ވިޔަފާރީ ރެގިއުލޭޓްކޮށް، ހަތިޔާރު ބަދަލުކުރުމުގެ މިންގަނޑުތައް ޤާއިމުކޮށް، ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވައި ނައްތާލުމަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ.

މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވަނީ 24 ޑިސެމްބަރ 2014 ގައެވެ. މި މުއާހަދާގައި 112 ޤައުމަކުން ބައިވެރިވެފައިވާއިރު 29 ޤައުމަކުން ވަނީ މުއާހަދާގައި ސޮއިކޮށް، ނަމަވެސް މިހާތަނަށް ތަސްދީގުކޮށްފައިނުވެއެވެ.

ދިވެހިރާއްޖެއިން މިމުއާހަދާ ތަސްދީޤްކޮށްފައިވަނީ 27 ސެޕްޓެމްބަރ 2019 ގައެވެ. އަދި މިމަހު 19 އިން 23 އަށް ކުރިއަށް މިދަނީ ކޮންފަރެންސް އޮފް ދަ ސްޓޭޓް ޕާޓީސް ޓު ދަ އާމްސް ޓްރޭޑް ޓްރީޓީގެ 10 ވަނަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޭޝަން (އޯ.އައި.ސީ.) ގެ ފަރާތުން ދިވެހިރާއްޖެއިންވަނީ 19 އޯގަސްޓް 2024 ގައި ބަޔާނެއް ދީފިއެވެ. މި ބާޔާން ދިވެހިރާއްޖޭގެ ފަރާތުން ދެއްވީ ޖެނީވާގައި ހުންނަ އެކުވެރި ދަޢުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

އެ ކަމަނާ ދެއްވި ގުޅިފައިވާ މިބަޔާނުގައި އެމްބެސެޑަރ ޑރ. ސަލްމާ ވަނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ 'ޖެނޮސައިޑް' އާ އެއްފަދަ އަމަލުތަކާއި ޣައިރުޤާނޫނީ ގޮތެއްގައި ފަލަސްތީނުގެ ބިންތައް ހިފަމުންދާ ދިއުމަށް ހިތްވަރުލިބޭހެން އާމްސް ޓްރޭޑް ޓްރީޓީ ތަސްދީޤުކޮށްފައިވާ ގައުމުތަކާއި އެ މުޢާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ވިއްކަމުން ގެންގާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު