އައިޔޫއެމް އިން ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ބާއްވަނީ

އަލީ އަޒްލީފް
22 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް އިން "ލައިބްރަރީ އިންފޮރމޭޝަން ސެޝަން"ގެ ނަމުގައި ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޕޯސްޓްގުރެޖުއޭޓް ނުވަތަ ބެޗްލާރސްޑިގްރީ ހާޞިލުކޮއްފައިވާ ދަރިވަރުންނަށް ޚާއްސަކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސެޝަންގެ ފެސިލިޓޭޓަރ އަކީ އައިޔޫއެމް ގެ ޗީޕް ލައިބްރޭރިއަން، ފާތިމަތު ނަޝްއަތްއެވެ.

މި ސެޝަންގައި، މާރސްޓާސް ޑިގްރީއަށް ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ތަޢުލީމެއް ހާޞިލުކުރަމުންދާ ނުވަތަ ހާޞިލުކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ބޭނުންތެރި ފޮތްތަކާއި އެނޫން ވެސް ވަސީލާތްތަކާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރެވޭނެއެވެ.

މި ސެޝަނަކީ 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:30 އިން 22:00 އަކަށް، އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސެޝަނެކެވެ.

މި ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ތިރީގައިވާ ލިންކު މެދުވެރިކޮށް، އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު