ހުޅުމާލެ - ފޮޓޯ: އެޗްޑީސީ

ހުޅުމާލެއިން އިތުރު 11 ބިމެއް ބީލަމުގެ އުސޫލުން ވިއްކަނި

އަލީ ޝާހީން
12 Jul 2024
ހަބަރު

ހުޅުމާލެ ބީޗް ސައިޑުން އިތުރު 11 ބިން ބިލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ. 

މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެއިން 13 ބިން ބިލަމުގެ އުސޫލުން ވިއްކަން ހަމަޖެހިފައިވާ ކަމަަަށެވެ. އަދި އޭގެ ފަހުން އެކުންފުނިން ނެރުނު އިސްލާހެއްގައި ބުނެފައިވަނީ އެ 13 ބިމުގެ އިތުރުން، އިތުރު 11 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށެވެ. 

އެކުންފުނިން ކުރި އިއުލާނުގައި ބުނެފައިވަނީ ބީލަމުގެ އުށުލުން ވިއްކަން ހަމަޖެހިފައިވާ ބިންތައް ވިއްކަން ހަމަޖެހިފައިވަނީ ހުލުމާލެ ބީޗް ސައިޑުން ކަމަށެވެ. އަދި އިއުލާން ކުރި 13 ބިމުގެ އިތުރުން 11 ބިން އިރުރަށް ވިއްކަން ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީއިން ނެރުނު އިސްލާހުގައި ބުނެފައިވެއެވެ.

އެޗްޑީސީއިން ވިއްކުމަށް ހަމަޖެހިފައިވަ ބިން ތަކުގައި އެންމެ ކުޑަ ވެގެން ވިއްކަނީ 1،230.11 އަކަފޫޓެވެ. އަދި އެންމެ މަތިވެގެން ވިއްކަނީ 1584.11 އަކަފޫޓު ބިމެވެ. އަދި ބީލަން ފެށޭ އަގަކީ ބީޗް ފްރަންޓްގެ ބިންތަކަށް އަކަފޫޓަކަށް 4،500 ރުފިޔާ ކަމަށެވެ. އަދި ބީޗް ސައިޑްގެ ބިންތަކަށް އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށެވެ.

ބިލަމަށް ހުޅުވާލައިފައިވާ ބިންތަކަށް ބިލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވުން ހިމެނެއެވެ. 

އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން އެޗްޑީސީގެ ސައިޓް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު