ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރައު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ތާރިޤް އިބްރާހީމްއާ ބައްދަލުކުރެއްވުުން - ފޮޓޯ: މޫސުމި ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ، މިނިސްޓަރ ތާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފި

އަލީ ޝާހީން
15 Jul 2024
ހަބަރު

ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރައު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ތާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ތާރިޤް އިބްރާހީމްއާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) ގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރައު އާއި ބައްދަލު ކުރަށްވާފައިވަނީ މިއަދުއެވެ. 

މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި، އެމެރިކާއިން ރާއްޖެއަށް ދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާކޮށް ވާހަކަދައްކާފައިވެއެވެ.

ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރައުއާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ތާރިޤް އިބްރާހީމްއާ ބޭއްވުނު މި ބައްދަލުވުމަކީ  ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު