އެސްޓީއޯގެ ބޭސްފިހާރަތަކުން ޤަވާޢިދުން ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަލީ އަޒްލީފް
22 Aug 2024
ހަބަރު

މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، އަދި މުލަކަތޮޅު ހިމެނޭ ކްލަސްޓަރގެ ފަރާތުން އެސްޓީއޯއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އަތޮޅު ކަަައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހުށައަޅައިފައިވާ ފަދައިން ރަށްރަށުގައި ހުރި އެސްޓީއޯގެ ބޭސްފިހާރަތަކުން ޤަވާޢިދުން ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ޙައްލުކުރުމާ މެދު މަޝްވަރާކުރެވުނެވެ.

މި ކުލަސްޓަރ ބެލެހެއްޓެވުމާއި ހަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، ކުލަސްޓަރގައި ހިމެނިލައްވާ އަތޮޅު ކޯޑިނޭޓަރުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

މަޝްވަރާކުރެވުނު ކަންކަމުގައި އެސްޓީއޯއިން ވަރަށް އުއްމީދީ ޖަވާބުތަކެއް ވަނީ ދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު