"ސުލްހަ މަސަލަސްކަން ޤާޢިމުކުރުން އަދި ދެމެހެއްޓުން" ގެ މައުޟޫޢުއާ ގުޅޭގޮތުން ރާއްޖޭން ބަޔާން ދީފި

އަލީ އަޒްލީފް
22 Aug 2024
ހަބަރު

"ސުލްހަ މަސަލަސްކަން ޤާޢިމުކުރުން އަދި ދެމެހެއްޓުން" ގެ މައުޟޫޢުއާ ގުޅިގެން އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގައި ބޭއްވުނު ބަޙުޘްގައި ދިވެހިރާއްޖެ އިން މިއަދު ބަޔާނެއް ދެއްވާފައިވެއެވެ.

އެ ބަޔާން ދެއްވާފައިވަނީ ދިވެހިރާއްޖެއިން އ.ދ. ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެޒެންޓޭޓިވް އެމްބެސެޑަރ ޝިރުޒަމަތް ސަމީރު އެވެ.

މި ޚިތާބުގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުން އަދި ދެމެހެއްޓުން ދެމެހެއްޓެނިވި ތަރައްޤީ ލަނޑުދަނޑިތައް ޚާޞިލްކުރުމާ ގުޅިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެއާއެކު މިވަގުތު ފަލަސްތީނުގައި ހިނގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައިވާ ކަމާއި ސުލްހަ މަސަލަސްކަން ޚާޞިލްކުރެވޭނީ އެކުއެކީ މަސައްކަތްކޮށްގެން ކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު