އިިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމް އަކީ ކޮބާ؟

އަލީ އަޒްލީފް
22 Aug 2024
ރިޕޯޓް

އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމް އަކީ ޓްރެޑިޝަނަލް ޕްރޮކިއުމަންޓް މެތަޑްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮސެސްއެކެވެ. މި ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއްގެ ގޮތުގައި އިހްތިޔާރުކުރެވިފައިވަނީ އެސް.އޭ.ޕީ އަރީބާއެވެ. މި ނިޒާމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތަކުގެ ޓްރާންސްޕޭރެންސީ، އެފިޝަންސީ އަދި ކޮސްޓް އިފެކްޓިވްކަން އިތުރުކުރުމެވެ. މި ފެށުނު މަސައްކަތް ރަމްޒުކޮށްދެނީ ޕްރޮކިއުމަންޓް ޕްރޮސެސްތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޚަރަދު ކުޑަކޮށް ވަގުތު ސަލާމަތްކުރުމެވެ. ޕްރޮކިއުމަންޓް ޕްރޮސެސްތައް އޮޓޮމޭޓްކޮށް، ސްޓްރީމްލައިންކޮށްގެން، މިހާރު ހިނގާ އިދާރީ ޚަރަދުތައް ކުޑަކުރެވި، ޕްރޮސެސިންގ ވަގުތުތައް ކުރުވެ، ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

އަރީބާ ސިސްޓަމާއެކު މިހާރު ތަފާތު އެކި ޕްލެޓްފޯމްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުގެ ކަންތައްތައް އެއް ޕްލެޓްފޯމަކުން ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން ސަޕްލަޔަރުންނަށް އެއް ޕްލެޓްފޯމަކުން ދައުލަތުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގައި ބައިވެރިވުމުގެ މަގުފަހި ވެގެންދާނެއެވެ. އަދި މުއާމަލާތްތައް ފަސޭހަވެ، ކޯޑިނޭޝަން ރަނގަޅުވެ، ޕަބްލިކް ފައިނޭންސް ފަންކްޝަންތަކުގައި އަވަސް ނިންމުންތަކެއް ނިންމުމަށް މަގުފަހިވެގެންދާނެ އެވެ.

މީގެ އިތުރުން، އަރީބާއަކީ މިހާރުގެ ބޭނުންކުރާ އެސް.އޭ.ޕީ ސިސްޓަމާ ފަސޭހަކަމާއެކު އިންޓަރގްރޭޓްކުރެވޭ ސިސްޓަމަކަށްވުމުން، ޕްރޮކިއުމަންޓް ޕްރޮސެސްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ.

މި ސިސްޓަމާއެކު ޚަރަދުތަކުގެ ޓްރާންސްޕޭރެންސީވެސް އިތުރުވެގެންދާނެއެވެ. އައު ނިޒާމުގެ ސަބަބުން ޕްރޮކިއުމަންޓްގެ ޑޭޓާތަކާއި ޕްރޮކިއުމަންޓާ ގުޅޭ އިތުރު މައުލޫމާތުތައް ފަސޭހައިން ލިބޭނެއެވެ. މިކަމުގެ ސަބަބުން ޚަރަދުތައް ރަނގަޅަށް ޓްރެކްކޮށް މެނޭޖްކޮށް، ވަގުތުން ރިޕޯޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު