ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ -- ފޮޓޯ: ސްޓެލްކޯ

"ސްޓެލްކޯ ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްފި

އަލީ ޝާހީން
15 Jul 2024
ހަބަރު

"ސްޓެލްކޯ ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެކުންފުނިން މިއަދު އިފްތިތާހްކޮށްފިއެވެ.

"ސްޓެލްކޯ ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްދީފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމIއެވެ. 

ސްޓެލްކޯއިން "އެކްސް' ަގއި ކުރި ޕޯސްޓެއްގައި ބުނީ އެ ޕްރޮގްރާމް ފަށާފައިވަނީ އީޖާދީ ވިސްނުމާ ޚިދުމަތުގެ އެންމެ މަތި ގިންތިއަށް ވާޟިލްވުމުގެ އަމާޒުގައިއަދި މުވައްއޒަފުންގެ މެދުގައި ނަފްސު ތަރައްޤީ ކުރުމުގެ ރޫހާ، ބަދަހިކަމާއިއެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެވުމަށްޓަކައި ފަށާފައިވާ ޕްޜޮގްރާމެއްކަމަށެވެ. 

އެކުންފުނިން އެ ޕްރޮގްރާމް އިފްތިތާހް ކޮށްފައިވާކަން އިއުލާން ކޮށްފައިވަނީ ކުރު ވީޑިއޯ އަކާއި އެކުއެވެ. އެގޮތުން އެވީޑިއޯ ގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓާރ ހުސައިން ފަހުމީ ވިދާޅުވީ މިދުވަހަކީ ވަރަށް މުހިންމު ވަރަށް ތާރިޙި ދުވަހަކަށް ވެގެން ދާނެ ކަމަށާއި އަދި މި ކުންފުންޔަކީ 75 އަހަރުވެފައިވާ ކުންފުންޔެއްކަމަށެވެ. އެހެންކަމުން މިކުންފުނީގެ މުސްތަޤްބަލާއި ދޭތެރޭ ވިސްނާ ފިކުރުކޮށް މުސްތަޤްބަލު ރާވައި ޕްލެޓްފޯމަކަށް މި ޕްރޯގްރާމް ވެގެން ދިއުމަކީ ވަރަށް އެދޭއެދުމެއްކަމެއްކަމަށެެވެ. 

"ސްޓެލްކޯ ނޮލެޖް ހަބް" އަކީ އީޖާދީ ވިސްނުމާއި ޚިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާޞިލްވުމުގެ ނިޔަތުގައި ސްޓެލްކޯއިން ފެށި ހަރަކާތެކެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު