މިންތީގެ ހަމަހަމަކަން ޤާއިމްކުރުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ކާމިޔާބު މަސައްކަތްތަކެއް

އަލީ އަޒްލީފް
22 Aug 2024
ރިޕޯޓް

މިންތީގެ ހަމަހަމަކަން ޤާއިމްކުރުމާއި، އަންހެނުން ބާރުވެރިކުރުވުމަށް ފާއިތުވި 9 މަސްތެރޭގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޖެންޑާ އެފެއާޒް ޑިޕާޓުމެންޓުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ.

އެގޮތުން ސިޔާސީ މައިދާނުގައި އަންހެނުން އިތުރުކުރުމަށް 'އިސްނަގައިގެން - ސިޔާސީ މައިދާނުގައި އަންހެނުން' ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވުނެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން މި އަހަރުވެސް ރެހެންދި އެވޯޑު ދިނުމަށް ހުޅުވަލާ އެވޯޑުގެ އިވަލުއޭޝަން މަސައްކަތްތައް ވަނީ ނިންމާފައެވެ.

އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް، ޕީ.ޖީ1.ގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކޮންސަލްޓެންޓްގެ ދަށުން ކުރަމުން އައި މަސައްކަތްތައް ނިމި ރޯލްއައުޓް ޕްލޭންތައް އެކުލަވާލާ ކޮންސެޕްޓް ނޯޓްތައް ތައްޔާރުކޮށް ވަނީ ނިމިފައެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުންނަށާއި ސަރުކާރުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ތަމްރީން ޕްރޮގްރާމް ހިންގުނެވެ.

މޯލްޑިވިއަން ޖެންޑަރ އީކުއަލިޓީ މޮޑެލް (އެމް.ޖެމް) ގެ އެޑްވޮކޭޓުން ހުރިހާ އިދާރާއެއްގައި އައްޔަނުކުރުމަށްޓަކައި މަސައްކަތްކުރެވި، ހުރިހާ ސަރުކާރުގެ އިދާރާތަކެއްގައި މިހާރު ވަނީ އެމްޖެމް އެޑްވޮކޭޓުން އައްޔަނުކުރެވިފައެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ މޮނިޓަރިންގ ދަތުރުގައި އޮގަސްޓް 3 ކުން އޮގަސްޓް 5 އަކަށް ހއ. ހޮރަފުށި، ވަށަފަރު، ކެލާ އަދި ހދ. ނޮޅިވަރަންފަރުގައި ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް މި ޑިޕާޓްމަންޓް އިން ވަނީ ކުރިއަށް ގެންގޮސްދީފައެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ މުވައްޒަފުންގެ ތިން ބެޗަކަށް ބަހާލައިގެން 2024 އޮގަސްޓް 6، 7 އަދި 12 ވަނަ ދުވަހު ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ވަނި ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި އެ އޮފީހުގެ ޖުމުލަ 67 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީގެ 2024 ވަނަ އަހަރުގެ ދެވަނަ ބައްދަލުވުން ބާއްވައި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ގަވަރނަންސް ސްޓްރަކްޗަރ އަށް ބަދަލުތަކެއް ގެނައުމަށް ވަނީ ފާސްކުރެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު