ފާއިތުވި 9 މަސް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް!

އަލީ އަޒްލީފް
22 Aug 2024
ރިޕޯޓް

ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިސްއެބިލިޓީ ޑިޕާޓްމަންޓުންވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަމްބަރު: 2024/R-9) ވަނީ އާންމުކޮށްފައެވެ. މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ރިޢާޔަތްކޮށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައްޔާއި، މަސައްކަތު މާޙައުލުގައި ހަރަކާތްތެރިވުމުގައި، އެމީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުމެވެ. އަދި، ވަޒީފާގެ މައިދާނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ނުކުތުމަށް ހިތްވަރުދީ، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ގަވާއިދަށް ޢަމަލުކުރުމުގެ ގޮތުން، ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވެވިފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ވީހާވެސް ފުޅާ ގޮތެއްގައި މިކަން ކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ފަހުމުނާމާއެއްގެ ދަށުން ދަނީ މަސައްކަތް ކުރެވުމުންނެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 03 ތަނަކާއި (ހިލްޓަން ރިސޯޓްސް އިން މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އެކު ސޮއިކުރެވި، އިންޓާރންޝިޕް ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ފަހިކޮށްދެވިފައިއެވެ.

މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރެވިފައިވާ ކަންކަމާއި، އެންމެ ފަހުގެ ތަފާސް ހިސާބު ތިރީގައި އެވަނީއެވެ.

• ވަޒީފާ ދަފްތަރުގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދު: 133

• 2023 ނޮވެމްބަރުން ފެށިގެން ކުރެވުނު މަސައްކަތުގެ ތެރެއިން ހޯދާ ދެވިފައިވާ ވަޒީފާ: 5

• ވަޒީފާ އަދާ ކުރާ މީހުންގެ ތެރެއިން މޮނިޓަރ ކުރަމުންދާ އަދަދު: 32

• މިހާރު އަދާ ކުރަމުންދާ ވަޒީފާގެ ނޫން އެހެން ވަޒީފާއެއް ހޯދުމަށް އެދޭ ފަރާތްތަކުގެ އަދަދު : 20

އިންޓަރންޝިޕްއާއި ގުޅުންހުރި އަދަދުތައް:

• އިންޓަރންޝިޕް ފަށާފައިވާ މީހުންގެ އަދަދު: 4

• އިންޓަރންޝިޕްގެ އިތުރު ފުރުޞަތުތަކަށް ހުށަހެޅިފައިވާ މީހުންގެ އަދަދު: 8

• ޖޮބް-ރެޑިނަސް ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ އަދަދު: 12

• ފަންކްޝަނަލް އެސެސްމަންޓް ހެދިފައިވާ މީހުންގެ ޖުމްލަ އަދަދު :33

• 2023 ނޮވެމްބަރުން ފެށިގެން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ބައްދަލު ކުރެވިފައިވާ އަމިއްލަ ފަރާތްތަކުގެ އަދަދު: 21

• 2023 ނޮވެމްބަރުން ފެށިގެން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ބައްދަލު ކުރެވިފައިވާ ސަރުކާރުގެ މުޢައްސަސާތަކުގެ އަދަދު: 09

03 ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް ހޯދައިދިނުމުގެ ފަހުމުނާމާގައި ސޮއިކުރެވިފައި:

• ހިލްޓަން ރިޒޯރޓްސް - ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ: 03 މާރޗް 2024

• އެމް.އޭ.ސީ.އެލް: 09 ޖޫން 2024

• އާރް.ޑީ.ސީ: 30 ޖޫން 2024

ދަތުރުކޮށް އެސެސްމަންޓް ހެދުން

• (ހ) އދ. ހަންޏާމީދޫއަށް ދަތުރު ކުރެވި އެސިސްމަންޓް ވަނީ ހެދިފަ (29-30 އޭޕްރިލް 2024)

• (ށ) ކ. ގާފަރަށް ދަތުރު ކުރެވި އެސެސްމަންޓް ވަނީ ހެދިފަ (16-18 ޖުލައި 2024)

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށް ހިންގާ ޕޮލިޓެކްނިކް ކޯސްއާއި ގުޅުންހުރި މަޢުލޫމާތު

• ޕޮލިޓެކްނިކްގައި އޯގަސްޓް މަހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2 ކޯހެއް ހިންގުމަށް ހަމަޖެހިފައިވޭ.

• ސެޓްފިކެޓް 3 އިން އިލެކްޓްރިކް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް ކޯހަށް 11 ފަރާތަކުން ރެޖިސްޓްރީވެ، 04 އޯގަސްޓް 2024 ގައި މިކޯސް ވަނީ ފެށިފައި.

ނޭޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ އެންމެ ފަހުގެ އަދާހަމަ

• މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތީން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތްއާއި ގުޅިގެން، ނޭޝަނަލް ތެރަޕީ ޕްރޮޓޮކޯލްތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައިއެވެ. މިގޮތުން، ނޭޝަނަލް ތެރަޕީ ޕްރޮޓޮކޯލް ގެ ޑްރާފްޓް އެކުލަވާލުމުގެ ގޮތުން ކ. ތުލުސްދޫގައި 31 މެއި އިން 01 ޖޫންއަށް ވަނީ ވޯކްޝޮޕްއެއް ކުރިއަށް ގެންދެވިފައިއެވެ. އަދި މި ގައިޑްލައިންސްތައް މުރާޖާކުރުމުގެ ގޮތުން ޕިއަރ ރިވިއު ވޯކްޝޮޕް ވަނީ 01 އޯގަސްޓް 2024 ގައި ކ. މާލޭގައި ބޭއްވިފައިއެވެ. މި ވޯކްޝޮޕްގައި ތެރަޕީ ދާއިރާގައި ގިނަ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނާއި، ސިއްޚީ ދާއިރާގެ މާހިރުން ބައިވެރިވެ އެބޭފުޅުންގެ ޚިޔާލުފުޅުތައްވަނީ ވޯކްޝޮޕްގެ ތެރެއިން ހުށަހަޅުއްވާފައިއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫސިވިޓީ (އެން.އޭ.ޕީ.ޑީ.އޭ)

• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ޕްލޭން އެކުލަވާލުން އެކްޝަން ޕްލޭން ފައިނަލް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުޢައްސަސާތަކާއިއެކު ބައްދަލުވުންތައް އޯގަސްޓް މަހުގެ 02 ވަނަ ހަފްތާގައި ފުރިހަމަކުރެވިގެންދާނެއެވެ. އަދި މި އެކްޝަން ޕްލޭންގެ ވެލިޑޭޝަން އޯގަސްޓް މަހުގެ ފަހު ކޮޅުގައި ބޭއްވުމަށްދަނީ މަސައްކަތްކުރެވެމުންނެވެ.

ޔޫ.އެން.ޕީ.އާރް.ޕީ.ޑީ ޕްރޮޖެކްޓް (ސިޗުއޭޝަނަލް އެނަލިސިސް އަދި ކެޕޭސިޓީ ބިލްޑިންގް)

• ޔޫ.އެން.ޑީޕީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ގުޅިގެން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭ ސިޓުއޭޝަނަލް އެނެލިސިސް ހެދުމުގައި ހަރަކާތްތެރިވާނެ ސަރުކާރުގެ އެކި މުޢައްސަސާތަކަށް އަމާޒުކޮށް، ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް 27 މެއި 2024 އާއި 03 ޖޫން 2024 އާއި ދެމެދު ވަނީ ކުރިއަށް ގެންދެވިފައިއެވެ. މިއަށްފަހު، އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި މި އެނަލިސިސް ހެދުމަށް ރާއްޖޭގެ 04 އޮތަޅަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މިގޮތުން ދަތުރު ކުރެވޭ 04 އަތޮޅަކީ ހދ، މ، ދ އަދި ގއ އަތޮޅެވެ. މި ދަތުރު ތަކުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކީ ކޮބައިކަން ދެނެގަނުވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ އެކި ގޮންޖެހުންތަށް ދެނެގަނެވިގެންދާނެއެވެ.

ސައިންލެންގުއޭޖް ބޭސިކް ކޯސް

• އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙިދުމަތްދިނުމުގައި އާއި މުޢާމަލާތް ކުރުމުގައި ދިމާވާ ގޮންޖެހުންތައް މަދުކުރުމަށްޓަކައި ސައިންލެންގުއޭޖް އޮންލައިން ކޯހެއް އޮގަސްޓް މަހު ވަނީ ތަޢާރަފްކުރެވިފައެވެ. ސަތޭކައަށްވުރެއް ގިނަ ބައިވެރިން މިހާރު ވަނީ މިކޯހުގައި އެންރޯލްވެ އަންނަނީ ކޯސް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު