މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

އަލީ އަޒްލީފް
21 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ ކުޅިވަރަށް ބައިގަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މައްލާ ޅަތުއްތުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރެއް ހުޅުވައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އިއްޔެ ޒުވާނުންގެ މަރުކަޒުގައި ހުޅުވި ދަފްތަރުގައި ލިޔުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ.

ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީގެ މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފަތްރެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢުގެ އިތުރުން ކުރީގެ ރެފްރީންނާއި ކުޅިވަރުގެ އިސްފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މައްލާ ޅަތުއްތަކީ ފީފާ ބެޖު ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ރެފްރީއެވެ. އޭނާވަނީ 1969 އިން 1995 އާ ހަމައަށް ރެފްރީކަން ކުރައްވާފައެވެ. ދިވެހި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، 2021 ވަނަ އަހަރު މައްލާއަށް ލިބިވަޑައިގެންފައިވެއެވެ.

މައްލާ ޅަތުއްތަކީ ރެފްރީކަން ކުރެއްވުމުގެ އިތުރުން ރެފްރީން ބިނާކުރުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭނާ ވަނީ 1975 އިން ފެށިގެން ރެފްރީން ބިނާކުރުމުގެ މަސައްކަތް މާލެ އާއި އަތޮޅު ތެރޭގައި ކުރައްވާ ގިނަ ކޯސްތަކެއް ހިންގަވާފަ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީން ބިނާކުރުމަށް، 2019 ވަނަ އަހަރު އިސްވެ މަސައްކަތް ފެއްޓެވީވެސް މައްލާ ޅަތުއްތެވެ.

މައްލާ ޅަތުއްތު އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު