ތުޅާދޫ ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަލީ އަޒްލީފް
22 Aug 2024
ކުޅިވަރު

ބ. ތުޅާދޫގެ ފުޓްސަލް ދަނޑު ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތުޅާ ފުޓްސަލް ޗެލެންޖު 2024 ނިމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވަނީ ތުޅާދޫ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވާ ތުލުސްދޫ ފުޓްސަލް ދަނޑަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައއިދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އެރަށުގެ ރައްޔިޔުންނާ ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ އެރަށުގެ ޒުވާނުންނާއި، ރައްޔިތުންނާއި، ކައުންސިލްގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުޓްސަލް ދަނޑުގައި ޖާގަ ކުޑަވުމުން އެތަނުގައި އެކި އެކި މުބާރާތްތައް ބޭއްވުމަށް ދިމާވެފައިވާ އުނދަދޫތަކެވެ. މިކަމަށް ހައްލެއް ހޯދައިދެއްވާނެކަން ހާމަކުރައްވަމުން ތުޅާދޫ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު