ޖޫނިއަރ ކޮލެޖް ޕްރޮޖެކްޓް އާއި ގުޅޭގޮތުން މަޝްވަރާކޮއްފި

އައިޝަތު ޝިއުރާ
22 Aug 2024
ހަބަރު

ކެނދިކޮޅުދޫ ކައުންސިލުން މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ބައްދަލުކޮއްފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި، ކެނދިކޮޅުދޫގެ ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް މިހާރު ކުރިއަށް ގެންދާ 'ޖޫނިއަރ ކޮލެޖް' ޕްރޮޖެކްޓާއި ޒުވާނުން ތަމްރީނުކުރުމަށް އެންމެ މުޙިއްމު ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ކެނދިކޮޅުދޫ ކައުންސިލް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީއު، ޕްރޮޖެކްޓް މެނޭޖަރ، އަޙްމަދު ހިލާލް އަދި ޑައިރެކްޓަރ ޖެނެރަލް، ފާތިމަތު ޝިފްޒާ ހުސައިނެވެ. އަދި ކެނދިކޮޅުދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަކީ އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމާއި، ޒުވާނުން ގެ ހުނަރު ތަރައްޤީކުރުމަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާ ވުޒާރާއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު