ފެލިދެ އަތޮޅު ކައުންސިލުތަކުގެ މި މަހުގެ ސިލްސިލާ ބައްދަލުވުން ބާއްވައިފި

އައިޝަތު ޝިއުރާ
22 Aug 2024
ހަބަރު

ފެލިދެއަތޮޅު ކައުންސިލުތަކުގެ މެދުގައި މަހަކު އެއް ފަހަރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މި މަހުގެ ބައްދަލުވުން ބާއްވައިފިއެވެ.

ހިނގަމުން މިދާ ހަފުތާގެ ތެރޭގައި އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި އެ އަތޮޅުގެ 5 ރަށުގެ ތެރެއިން 4 ރަށަކުން ބައިވެރިވިއެވެ. އެއީ ރަކީދޫއާއި، ކެޔޮދޫއާއި، ފެލިދޫއާއި އަދި ފުލިދޫއެވެ.

ވ. އަތޮޅު ހިމެނޭ ކުލަސްޓަރއިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި އެ ކުލަސްޓަރގެ ފަރާތުން ބައެއް ކަންކަން ކައުންސިލުތަކަށް ހިއްސާކުރެއްވިއެވެ. އެ ގޮތުން އެލްޖީއޭއަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާޢިދުން އެ ފަރާތަށް ފޮނުވޭކަން ކަށަވަރުކުރުމަށާއި، އެލްޖީއޭއާ ގުޅިގެން ވުޒާރާއިން އިންތިޒާމުކުރަން ގަސްތުކުރާ ޓްރޭނިންގ ޕްރޮގްރާމުގައި ބައިވެރިކުރަން ބޭނުންވާ މުވައްޒަފުންގެ ނަން ލިސްޓް އެކުލަވައިލުމަށާއި، އެތެރެހަށީގެ ޑޮކްޓަރަކު ރަށްރަށަށް ފޮނުވުމާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

ފެލިދެއަތޮޅު ކައުންސިލުތަކާއެކު ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. އެ ގޮތުން ބައެއް ފަރާތްތަކަށް ބައެއް ރަށްރަށުގައި ދޫކޮށްފައި ހުރި ބިންތައް ހުސްކޮށް އޮތުމުގެ ކަންބޮޑުވުމާއި، އެސްޓިއޯ ބޭސްފިހާރަތަކުން ޤަވާޢިދުން ބޭސް ނުލިބުމުގެ ކަންބޮޑުވުމާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ލިބުމުގައި ހުރި ދަތިތަކާއި، ފެނާއި، ކަރަންޓުގެ ޚަރަދު ބޮޑުވުމުގެ ކަންބޮޑުވުމާއި، ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި، އާރުޓީއެލްގެ ޚިދުމަތް ނުފެށި އޮތުމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކުލަސްޓަރ ހިންގެވުމާއި ޙަވާލުވެ ހުންނެވި ކުލަސްޓަރ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމުގެ އިތުރުން އެ ކުލަސްޓަރގައި ހިމެނިލައްވާ އެންމެހައި އަތޮޅު ކޯޑިނޭޓަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު