މާރަންދޫ ކައުންސިލްގެ ކަންބޮޑުވުންތައް ޙައްލުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

އައިޝަތު ޝިއުރާ
22 Aug 2024
ހަބަރު

ހއ. މާރަންދޫ ކައުންސިލަށް ދިމާވެފައިވާ ބައެއް މައްސަލަތަކާއި ގުޅޭ ގޮތުން މާރަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މާރަންދޫ ކައުންސިލަށް އެންމެ ބޮޑަށް ދިމާވެފައިވާ ކައުންސިލްގެ ޖާގައިގެ ދަތިކަމުގެ މައްސަލާގެ އިތުރަށް މާރަންދޫ ބަނދަރު ތިލަވާ މައްސަލާގައި ހުރި ކަންބޮޑުވުން މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން ވަނީ މިނިސްޓަރ އާދަމް ޝަރީފާ ހިއްސާ ކުރައްވާފައެވެ.

ޚާއްޞަކޮށް މާރަންދޫ ކައުންސިލްގެ އާޢިމާރާތް ބަޖެޓްގައި ހިމެނި އެ މަސައްކަތް ނުފެށި އެތައް ދުވަހެއް ދިގުލައިގެން ދިއުމުގެ މައްސަލައަށް، ނިމުން ގެނައުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވެވިއެވެ.

މީގެ އިތުރުން ބަނދަރު ތިލަވަމުން އަންނަ މައްސަލަ އިތުރަށް ބައްލަވައި، އެ ކަން ކުރެވޭނެ ގޮތެއް ހޯދުމަށް މަގުފަހިކުރުމަށް މަސައްކަތްޕުޅުކޮށްދެއްވާނެ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ހއ. ހިމެނޭ ކުލަސްޓަރ ހިންގެވުމާއި ޙަވާލުވެ ހުންނެވި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރުގެ އިތުރުން އެ ކުލަސްޓަރގައި ހިމެނިލައްވައި އެންމެހައި އަތޮޅު ކޯޑިނޭޓަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު