ފުވައްމުލަކުސިޓީގައި ހުރި ފެނަކައަށް މިނިސްޓަރ ތޯރިޤް އިބްރާހީމް ޒިޔާރަތްކުރައްވައިފި

އައިޝަތު ޝިއުރާ
23 Aug 2024
ހަބަރު

ފުވައްމުލަކުސިޓީގައި ހުރި ފެނަކަ ކޯޕަރޭޝަންގެ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހީމް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ތޯރިޤް ވަނީ ފުވައްމުލަކުގައި ހުރި ފެނަކައިގެ އެކި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މުޅި ރާއްޖޭގައި ފެނަކައިން ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ފެނަކައާ ގުޅިގެން މަސައްކަތްކުރަމުންނެވެ. މިގޮތުން ދެ މުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމާއި، ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

މިނިސްޓަރ ތޯރިޤްގެ މި ދަތުރުފުޅަކީ ރަށްރަށުގައި ހުރި ފެނަކައިގެ ވަސީލަތްތަކުގެ ޙާލަތު ބެއްލެވުމަށާއި، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު