ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހިންނަށް ފިޔަވަޅު އަޅާނަން: މިނިސްޓަރ

އައިޝަތު ޝިއުރާ
23 Aug 2024
ހަބަރު

ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހިންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެޅެން އޮންނަ ފިޔަވަޅު މިއަދުން ފެށިގެން އަޅަން ފަށާނެ ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯސްގައި ޞިއްޙަތާބެހޭ ވުޒާރާއާއި އިގްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ހިމެނުމާ ގުޅިގެން އެޓާސްކްފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެޅެން އޮންނަ ފިޔަވަޅުތަކުގެ ތެރޭގައި 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުން ހިމެނޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ޓާސްކް ފޯސްގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުން އައިސް މިހާރު ފާހަގަވި ބައެއް ކަންކަމުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ޓާސްކް ފޯހުގައި އެކުލެވޭ އިދާރާތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ބަދަލަކީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީވެސް މި ޓާސްކްފޯސްގެ ތެރެއަށް އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވެސް ޓާސްކް ފޯހުގައި ބައިވެރިވުން ކަމަށް މިނިސްޓަރު އިޙްސާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު