ފަސްޓް ގްލޯބަލް ޗެލެންޖުގައި ވާދަކުރާ ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންނާ ސަފީރު ޝަހީބް ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
23 Aug 2024
ހަބަރު

ގްރީސްގެ ވެރިރަށް އެތެންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ރޮބޮޓިކްސް މުބާރާތުގައި ވާދަކުރާ ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންންނާ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު ބައްދަލުކުރައްވައިފިއެވެ.

ގްރީސް އަށް ދަތުރުކުރުމަށްޓަކައި ބޭނުންވާ ގްރީސް ވީސާ ނެގުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް އައިސްއުޅޭ މިޓީމާއި ސަފީރު ބައްދަލުކުރައްވާފައިވަނީ މިއަދު ހަވީރު ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.

މި ބައްދަލުވުމުގައި މި މުބާރާތުގައި ވާދަކުރާ ދިވެހި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ. ވިސާގެ ކަންކަން އަވަސް ކުރުމުގައި ހައިކޮމިޝަންގެ ފަރާތުން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

އަދި އޭގެއިތުރުން ދަރިވަރުންނާ މުހާތަބު ކުރައްވަމުން، ރޮބޮޓިކްސްއަކީ މުސްތަޤްބަލް އޮތް ދާއިރާއެއް ކަމާއި އެކުދިން ސްކޫލްގައި ކިޔަވަމުންދާ ރޮބޮޓިކްސް މާއްދާއިން އުގެނިފައިވާ އެއްޗެއްގެ ބޭނުން ހިފައި މިމުބާރާތުގައި ރާއްޖެއަށް ރީތީނަން ހޯދައިދެވޭނެ ކަމަށް ޤަބޫލް ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން ވަނީ ފަސްޓް ގްލޯބަލް ޗެލެންޖު މުބާރާތާ ބެހޭ ތަފްސީލު ސަފީރާއި މިޝަންގެ އެހެން ސްޓާފުންނާ ހިއްސާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރުގެ އިތުރުން މިޝަންގެ ސްޓާފުން ބައިވެރިވިއެވެ.

ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ، މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގައި ހިމެނޭ ޣިޔާސުއްދީން ސްކޫލްގެ ދަރިވަމުންނާއި އެކުގައި ދަތުރުކުރާ އޮފިޝަލުންނާއި އަދި ބެލެނިވެރިންގެ ވިސާ ނެގުމުގެ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު