ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ނުކުރެވޭނެ

އަލީ އަޒްލީފް
23 Aug 2024
ހަބަރު

ލޭނު މަސްވެރިކަމުގެ ޤަވާއިދުގައިވާ ގޮތުން، ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ކުރުން މަނާކޮށްފައިވެއެވެ. މިއީ ދިވެހިރާއްޖޭގައި ކުރާ ރީނދޫއުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަޙައްދެވެ.

މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގައެވެ.

މީގެ އިތުރުން، ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަން ކުރަންތިބި މީހުން ކުރާ މަސްވެރިކަމަށް ދަތިވާގޮތަށް، ލޭނު މަސްވެރިކަން ކޮށްގެން ނުވާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރ. އަތޮޅު އަލިފުށީގެ އުތުރާއި އިރުމަތީ އަދި ހުޅަނގު ފަރާތުގައިވެސް ލޭނު މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު